
ނިޔާޒް ހިމެނިފައި ވަނީ މަޝްހޫރު ބިޒްނަސް މެގަޒިންތަކުގެ ތެރެއިން މެގަޒިނެއް ކަމަށްވާ "ޓްރޭޑް ފްލޮކް" އެކުލަވާލި 2025 ގެ އެންމެ މޮޅު 10 ޓެކް ލީޑަރުންގެ ތެރޭގައެވެ.
ޓްރޭޑް ފްލޮކްގެ މެގަޒިންގައި ވަނީ ނިޔާޒަކީ މިލިޓަރީ ސިގްނަލްސް އެކްސްޕާޓެއްގެ ވަޒީފާ އިން އޫރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާގެ މަޤާމަށް ކުރެއްވި ދަތުރުން ފެންނަނީ އޭނާގެ ގިނަ ދާއިރާތަކަށް ފެތޭ ލީޑާޝިޕާއި ކުރިއެރުމަށް ކުރައްވާ މަސައްކަތްކަމަށެވެ.
އެމްއެންޑީއެފްގައި 12 އަހަރު މަސައްކަތްކުރެއްވުމަށްފަހު، އިލެކްޓްރޯނިކްސް އަދި މުވާސަލާތީ ދާއިރާގެ ޓެކްނިކަލް ހުނަރުތައް އިތުރަށް ތަރައްގީކުރެއްވުމަށް ނިޔާޒް ޓެލެކޮމް ދާއިރާއަށް ބަދަލުވެވަޑައިގެންނެވިކަމަށެވެ. އަދި ނިޔާޒްގެ ޓެކްނިކަލް ދާއިރާއިން ވިޔަފާރީގެ ދާއިރާއަށް ވަޑައިގެންނެވި ބަދަލަކީ އޭނާގެ ކެރިއާގައި މުހިންމު ބަދަލެއްކަމަށާއި މިބަދަލުން އޫރީދޫ މޯލްޑިވްސްގެ މާކެޓް ޕޮޒިޝަން އަލުން އެކުލަވާލުމަށް އެހީތެރިވެދިން ކަމަށް ވެސް އެ މެގެޒިންގައިވެއެއވެ.
އޭނާގެ ލީޑަރޝިޕްގެ ދަށުން، ކުންފުނިން ވަނީ މާކެޓް ޝެއާގައި ކުރީއްސުރެ ހުރި ލޯކަލް ވާދަވެރިން ފަހަތަށް ޖައްސާ ނިޔާޒްގެ އަމާޒަކީ ހަމައެކަނި ނަންބަރުތައް މައްޗަށް ޖެއްސުމެއް ނޫން ކަމަށް ބުނެފައި ވެއެވެ.
އަދި ނިޔާޒަކީ އިންކްލޫސިވް އަދި މީހުންނަށް އަމާޒުކުރެވިފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ވަކާލާތުކުރައްވާ ހުނަރުވެރިއެއްކަން ވަނީ ފާހަގަކޮށްފައެވެ. ސްކޫލު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ ހަމައަށް، މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުން ބާރުވެރިކުރުވުމަށް ޑިޖިޓަލް ލިޓަރަސީ ޕްރޮގްރާމްތަކާއި، ތައުލީމީ ޕާޓްނާޝިޕްތަކާއި، ލޯކަލް ކައުންސިލްތަކާއެކު މަސައްކަތްކުރުމަށް އޭނާ ވަރަށް ބޮޑަށް ގަބޫލުކުރައްވައެވެ.
ނިޔާޒް ވިދާޅުވީ ކުރިން އޭނާ އަމާޒުކުރީ ސީދާ ޓެކްނިކަލް މަސައްކަތަށް ކަމުގައިވީނަމަވެސް، މިއަދު އޭނާގެ އަމާޒަކީ ވިޔަފާރީގެ ސްޓްރެޓެޖީ އެކުލަވާލުމާއި، ބްރޭންޑް މާކެޓިން، ކަސްޓަމާ ސާވިސް، ސޭލްސް އަދި ޑިސްޓްރިބިއުޝަން ދާއިރާތައް އިސްވެ ހިންގުމެވެ.
އުރީދޫގެ ސީއީއޯގެ މަގާމަށް ވަޑައިގަންނަވަން އުއްމީދު ކުރައްވަންތޯ ސުވާލު ކުރުމުން ނިޔާޒް ވިދާޅިވީ "އާނ. އަބަދުވެސް އަޅުގަނޑު ކުރިއަރައި އާ ދާއިރާތައް ދަސްކުރުމަށް ޝައުޤުވެރިވަން. މިހާރު ހުރި ހިސާބުން ހުއްޓާނުލާ، އަޅުގަނޑުގެ މަޢުލޫމާތާއި ޒިންމާތައް އިތުރުކުރަމުން ގެންދަން. ކުރިމަގުގައި، އަޅުގަނޑުގެ ކުރިއެރުމުގެ ވިސްނުމާއި ކަންކަން ދެނެގަތުމުގެ ޝައުޤުވެރިކަމާއެކު، އިތުރު މަޤާމަކަށް ކުރިއަރަން އަޅުގަނޑު އެދެން." ކަމަށެވެ.