ads
ޑުތަކުރުފާނު މަގުން ތަރައްގީ ކުރަން ނިންމާފައިވާ ސަރަހައްދު
މާލޭގެ ބޭރުމަގު ހަދަން އާއްމުންގެ ހިޔާލު ހޯދަނީ
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމަށް އާންމުންގެ ހިޔާލު ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
Advertisement

އެމްޓީސީސީން ވަނީ އާއްމުގެ ހިޔާލު ހޯދުމަށް ސާވޭ ކުރަން ލިންކް ހުޅުވާލާފައެވެ. 

އެމްޓީސީސީން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގައި އާންމުންގެ ހިޔާލަކީ ވަރަށް މުހިންމު ކަމަށާއި އެ ސާވޭގައި ލިބޭ މައުލޫމާތުން ކުރިއަށް އޮތް ތާނގައި ރަނގަޅަށް ޕްލޭން ކުރުމުގައި ބޭނުންތެރި ހިޔާލަކަށް ވާނެކަމަށެވެ.

އަދި މި ސާވޭގެ މައުލޫމާތަކީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ދިރާސާ އަށްވެސް ބޭނުންކުރާނެ މުހިންމު މައުލޫމާތު ތަކެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ބޮޑު ތަކުރުފާނުމަގުގެ ތާރުނާޅާ ބައިގައި ތާރުއަޅަން އެމްޓީސީސީ ހަވާލުކުރީ މިދިޔަ އޭޕްރިލްމަހުގެ 9 ވަނަދުވަހުއެވެ. 

ކުންފުންޏާއި ހަވާލުކުރީ ހުޅުމާލެ ކުރީގެ ފެރީޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާއި ހަމައަށް ތާރު އަޅާށެވެ.

މިކަމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީން ސޮއިކުރީ ކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީ.ސީ.ޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ. 

އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުގެ ދަށުން މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރާނެއެވެ. މި މަޝްރޫޢު ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަށް ބަލާއިރު 830 މީޓަރުގެ މަގުގައި ތާރު އަޅާނެއެވެ. އެއީ ހުޅުމާލެ ފެރީ ޓަރމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ.

މި މަޝްރޫއުގެ އަގަކީ 144 މިލިއަން ރުފިޔާއެވެ. މަސައްކަތް 455 ދުވަސް ތެރޭގައި ނިންމަން ޖެހެއެވެ. 

މަގު ފުޅާ ކުރާއިރު ކީވޯލް ބޭރަށް ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއި ފެން ހިންދާ ނިޒާމް ޤާއިމުކުރުމާއި ދުވާރުތައް ހެދުމުގެ އިތުރުން ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުންވެސް ހިމެނޭކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެއެވެ. 

އިއްޒުއްދީން ފާލަމާ ދިލާމުން ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރާނީ ފަޅުން ބައެއް ޝީޓް ޕައިލްކޮށްގެން ކޮޅަކަށް ދެ ލޭނު ހިމެނޭގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.  

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭ ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި ވަނީ ތާރު އަޅާފައެވެ. ތާރު ނަޅާ މިހާރު އޮތީ އެމަގުގެ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ރަސްފަންނާ ހަމައަށެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް