ads
ޖިއަންލުއިޖީ ބުފޮން
ބުފޮން ޔުވެންޓަސްއަށް އިތުރު އަހަރަކަށް ސޮއިކޮށްފި
ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އިތުރު އަހަރަކަށް ޔުވެންޓަސްއަށް ސޮއިކޮށްފިއެވެ. ޔުވެންޓަސްގެ ކޮންޓްރެކްޓް އެއް އަހަރަށް އިތުރުކުރި އިރު ބުފޮންގެ އުމުރުން ސާޅީސް ދެ އަހަރެވެ.

މިހާތަނަށް ޔުވެންޓަސްއަށް 500 އަށްވުރެ ގިނަ މެޗު ކުޅެފައިވާ، ދުނިޔޭގެ އެންމެ މޮޅެތި ގޯލް ކީޕަރުންގެ ތެރޭގައި ހިމެނޭ ބުފޮންގެ ކޮންޓްރެކްޓް އައު ކުރިކަން ހާމަކުރަމުން ޔުވެންޓަސްއިން ބުނީ އުމުރަކީ ހަމައެކަނި ނަންބަރެއްކަން ބުފޮންގެ ކާމިޔާބު ކެރިއަރުން އެނގިގެންދާނެ ކަމަށެވެ. ބުފޮންގެ ކޮންޓްރެކްޓް އެއް އަހަރަށް އިތުރު ކުރި އިރު، މިހާރު ކުރިއަށްދާ އިޓަލީ ލީގުގައި ބުފޮންއާއި އެކު ޔުވެންޓްސް އޮތީ ޓޭބަލްގެ އެއްވަނައިގަ އެވެ.

ޕާމާ އިން 1995 ވަނަ އަހަރު ކެރިއަރު ފެށި ބުފޮން ވަނީ އެ ޓީމާ އެކު އިޓާލިއަން ކަޕާއި ޔުއެފާ ކަޕް ކާމިޔާބުކޮށްފަ އެވެ. އޭނާ ދުނިޔޭގެ ރެކޯޑް އަގެއްގައި 2001 ގައި ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމާ އެކު އިޓާލިއަން ލީގު ނުވަ ފަހަރު ކާމިޔާބުކުރި އެވެ. އެއަށް ފަހު، ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވުމަށް ފަހު، ޕީއެސްޖީގައި އެއް ސީޒަން ހޭދަކުރުމަށް ފަހު ބުފޮން އަލުން އެނބުރި ޔުވެންޓަސްއާ ގުޅުނީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް