ads
ފޮޓޯ: ރައީސް އޮފީސް
ކަނޑުފަޅު ހިމާޔަތްކުރުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑު: ރައީސް ސޯލިހް
ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ހދ. ނޭކުރެންދޫގައި ކުރިއަށްގެންދިޔަ ކަނޑުފަޅުގެ ދިރާސާ އިވެންޓްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކުގައި ހުރި ދިރުންތަކަކީ ކޮބައިކަން ދެނެގަންނަންޖެހޭ ކަމަށެވެ. އަދި އެކަން ކުރެވެން އަންނަނީ ސައިންޓިފިކް ދިރާސާ ތަކެއްގެ ތެރެއިންކަން ފާހަގަކުރެއްވި އެވެ.

އަދި ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން ތަރައްގީ ކުރެވޭނީ ކަނޑާއި ފަޅާއި ފަރުތައް ހިމާޔަތްކޮށްގެން ކަމަށް ރައިސް ވިދާޅުވި އެވެ. ކުރިއަށްގެންދަންޖެހޭ ތަރައްގީގެ މަޝްރުއުތައް އެބަހުރިކަމަށާއި، އެހެން ނަމަވެސް އެ މަޝްރޫއުތައް ކުރިއަށްގެންދަންޖެހޭނީ ދެމެހެއްޓެނިވި ގޮތަކަށް އަންނަންއޮތް ޖީލުތަކަށް އެ ގުދުރަތީ ވަސީލަތްތައް ފޮރުކޮށްދެވޭނޭ ގޮތެއްގެ މަތިންކަން ރައީސް ފާހަގަކުރެއްވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލާއި އެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ރަށްތަކުގެ އިހުތިސާސްގައި ހިމެނޭ ތަކެތި ހިމާޔަތްކުރުމުގައި ކައުންސިލް ތަކުގެ ދައުރުބޮޑުކަން ރައީސް ފާހަގަކުރެއްވި އެވެ.

"ރަށްރަށުގެ އިހުތިސާސް އެބަ ކަނޑައެޅިގެންދޭ. އެތަންތަން ހިމާޔަތްކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަންޖެހޭ އެއްބަޔަކީ ކައުންސިލަރުން. އެކަންކުރާނެ ގޮތްތަކެއް އަޅުގަނޑުމެން އެބަޖެހޭ ސިޔާސަތު ތަކެއް ކަނޑައަޅަން. މިރަށުގެ [ހދ. ނޭކުރެންދޫ] ފަޅާ މި ރަށުގެ ގޮނޑުދޮށާ މިރަށުގެ ވަށައިގެން ހުރި ދިރުންތަކަކީ ކޮބައިތޯ ބަލާ، އެ ހިމާޔަތް ކުރެވޭނެ ގޮތްތައް އަޅުގަނޑުމެން މިކުރާ ރިސާޗްގެ އަލީގައި ހޯދުމަށްފަހުގައި އެ މަސައްކަތް ކުރުމުގެ ބޮޑު ދައުރު އަދާކުރަށްވަން ޖެހިވަޑައިގަންނަވާނެ ބޭފުޅުންނަކީ ތިބޭފުޅުން." ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ފެށޭ ދިރާސާތަކަކީ ރާއްޖޭގައި ކަނޑުފަޅުތަކާއި ގުޅޭގޮތުން ހިނގޭ އެންމެ ބޮޑު ދިރާސާކަމަށެވެ. އެގޮތުން ދެ ބަޔަކަށް ބަހާލައިގެން ރިސާޗް ކުރެވޭނެކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ފުރަތަމަ ކުރެވޭނީ ކަނޑުފަޅުގެ ދިރުންތަކުގެ ބޯހިމެނުމުގެ މަސައްކަތް ކަމަށެވެ. އަދި އެ ދިރުންތައް ހިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ ކަމަށާއި، އަދި އެތަކެތިން މަންފާ ހޯދޭނެ ސިޔާސަތުތައް ކަނޑައެޅޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް