ads
ފޮޓޯ:އެމްއެމްއޭ
ކުރިއެކޭ އެއްގޮތަށް އާދިައްތަ ދުވަހުން ފެށިގެން ބޭންކުތައް ހުޅުވަނީ
ކުރިއެކޭ އެއްގޮތަށް ހަފުތާގެ ފަސް ދުވަހު ބޭންކުތަކުން ހިދުމަތް ދޭން އާދިއްތަ ދުވަހު ފަށާނެ ކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އާދިއްތަ ދުވަހުން ފެށިގެން ބޭންކްތަކުން ހިދުމަތް ދޭން ފަށާއިރު އެމްއެމްއޭއިން ހިދުމަތް ދޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 2:00 ކަމަށެވެ. 

އެމްއެމްއޭ ހުޅުވާފައި ހުންނަ ގަޑިތަކުގައި ފައިސާ ބަލައިގަތުމާއި ފައިސާ ދޫކުރުން ފަދަ ބޭންކިން ހިދުތްތައް އެމްއެމްއޭ އިން ދޭނެއެވެ. މި ވަގުތުގައި ސިޓީ އާއި އެހެނިހެން ތަކެތި ވެސް އެ އެމްއެމްއޭއިން ބަލައިގަންނާނެ ކަމަށް ބުނެ އެވެ. 

އެ އިދާރާއިން ވަނީ ޖެމްސް ބޭނުން ކުރާ އިދާރާ ތަކާއި އާންމު ފަރާތްތަކުން އެ އިދާރާއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި [email protected] މެދުވެރިކޮށް މެއިލް ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކުދި ރުފިޔާ ދޫކުރުމުގެ ހިދުމަތާއި ވަކިލާރި ދޫކޮށް ބަލައިގަތުމުގެ ހިދުމަތް ދެމުން ގެންދާނީ، ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އެ ހިދުމަތް ހޯދުމަށް އެމްއެމްއޭ އަށް ދިއުމުގެ ކުރިން ހިދުމަތް ހޯދަން ދާ މީހާގެ މައުލޫމާތާއި ހޯދަން ބޭނުންވާ ހިދުމަތް ލިޔުމަށް ފަހު އެމްއެމްއޭގެ 7919292 އަށް އެސްއެމްއެސް ނުވަތަ ވައިބާ މެދުވިރިކޮށް މެސެޖު ކުރަން އެމްއެމްއޭއިން ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ވަނީ އެ އިދާރާގެ ހިދުމަތްތައް ހޯދަންދާ ހުރިހާ ފަރާތަކުން ވެސް މާސްކު އަޅައިގެން ދިއުމަށް އިލްތިމާސް ކޮށްފަ އެވެ. 

އާދިއްތަ ދުވަހު ބޭންކުތައް ހުޅުވި ނަމަވެސް ބޭންކުތަކުން ހިދުމަތް ދޭނެ ގަޑިތަކެއް އެމްއެމްއޭއިން ހާމައެއްނުުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް