ads
ފޮޓޯ:އަރަބް ނިއުސް
ސައުދީ އިން ހުކުރު ދުވަހު އެކަނި ވެސް 4,193 މީހުން ޕޮޒިޓިވްވެއްޖެ
ސައުދީ އަރަބިއްޔާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދެ ލައްކަ އަށް ވުރެ މައްޗަށް އެރި އިރު އިއްޔެ އެކަނި ވެސް 4،193 މީހުން އެ ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.

ސައުދީގެ ނޫސްތަކުގައި ވާގޮތުން ހުކުރު ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރެއިން 10 އިންސައްތަ މީހުން ޕޮޒިޓިވްވެފައި ވަނީ ދައްމަމް އިން ކަމަށާއި އެ ސިޓީ އިން 431 މީހުން ޕޮޒިޓިވްވެފައި ކަމަށް އެގައުމުގެ ނޫސްތަކުގައިވެ އެވެ.

ހުފުފް ސިޓީން 399 ކޭސް ރިޕޯޓް ކޮށްފައިވާ އިރު، ރިޔާޒުން 383 ކޭސް ރިޕޯޓް ކޮށްފައިވާކަމަށް މައުލޫމާތު ލިބެ އެވެ. ތައިފް އިން ވެސް ހުކުރު ދުވަހު 306 ކޭސް ވަނީ ރިޕޯޓް ކޮށްފަ އެވެ. 

ހުކުރު ދުވަހު ޕޮޒިޓިވްވި މީހުންނާއި އެކު ސައުދީ އިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 201،801 އަރާފަ އެވެ. 

ސައުދީ އިން ބަލިޖެހުނު މީހުންގެ ތެރެއިން 140,61 މީހުން މިހާރު ބަލިން ރަނގަޅުވެފައި ވާއިރު، ބަލިޖެހުނު މީހުންގެ ތެރެއިން 1,802 މީހުން ވަނީ މަރުވެފަ އެވެ. 

ކޮވިޑް-19 ގެ ސަބަބުން ސައުދީ ސަރުކާރުން ވަނީ އެހެން ގައުމުތަކުގެ މީޙުންނަށް މިއަހަރު ހައްޖަށް ނުދެވޭނޭކަމަށް އަންގާފަ އެވެ. މިއަހަރުގެ ހައްޖު ކުރުމުގެ ފުރުސަތު ލިބިފައި ވަނީ ހަމަ އެކަނި އެ ގައުމުގައި އުޅޭ މީހުންނަ ށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް