ads
ޝައިޚް އިލްޔާސް ހުސައިން -- ފޮޓޯ: ވީނިއުސް
މަޖިލީހުން ވުޒާރާތަކަށް އަމުރު ކުރާ ހިސާބަށް ދިއުމަކީ ހައްދު ފަހަނަ އެޅުން: އިލްޔާސް
ރައްޔިތުންގެ މަޖިލީހުން ޖިނާއީ ތަހުގީގު ހިންގައި ސަރުކާރުގެ ވުޒާރާތައް ހިންގުމަށް އަމުރުކުރާ ހިސާބަށް ދިއުމަކީ ހައްދު ފަހަނަ އެޅުން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.
Advertisement

އިލްޔާސް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއްކަމަށްވާއިރު ކޮންމެ ބާރަކަށް ވެސް އަމަލުކުރާނެ މިންތަކާއި އިންތަކެއް ކަނޑައެޅިފައިވާކަމަށެވެ.

ނަމަވެސް ބާރުތައް ކަނޑައެޅިފައި ވަނިކޮން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މައްސަލަ ބަލައި އެހެން ބާރުތަކަށް ނުފޫޒު ފޯރުވުމަކީ ސިޔާސީ ގޮތުން ހައްދު ފަހަނަ އެޅުންކަމަށް ޝޭހް އިލްޔާސްގެ ޓްވީޓްގައި ބުނެ އެވެ. އަދި އެކަން ހުއްޓުވަން ޖެހޭކަމަށް ޝޭހް ވިދާޅުވެފައިވެ އެވެ.

އެހެން ބާރުތަކަށް މަޖިލީހުގެ ތެރެއިން ނުފޫޒު ފޯރުވާކަމަށް އިލްޔާސް ވިދާޅުވެފައިވާއިރު މަޖިލީހުން ހައްގުތައް ކަށަވަރުކުރުމަށް ކަމަށް ބުނެ ގާނޫނު ހަދައި އިސްލާމް ދީނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުން ޝޭހް ވަނީ ރައްދު ދެއްވާފަ އެވެ.

އެކަމާ ގުޅިގެން މީގެ ކުރިން ސީއެންއެމަށް އިލްޔާސް ވިދާޅުވީ އިސްލާމް ދީނަކީ އެންމެންގެ ހައްގުތައް ކަށަވަރުކޮށްފައިވާ ދީނެއްކަމަށްވާއިރު ދީނުގައި އަންގަވާފައިވާ ގޮތަށް އަމަލުކުރުމުން ހައްގުތައް ކަށަވަރު ކުރެވޭނެ ކަމަށެވެ. އަދި އިސްލާމް ދީނަކީ ހަރުކަށި ދީނެއް ނޫންކަމަށް ވެސް އިލްޔާސް ފާހަގަކުރެއްވި އެވެ

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެނިގެންދަނީ ހައްގުތައް ކަށަވަރު ނުވާކަމަށް ވާހަކަ ދައްކާ އެ ހައްގުތައް ހޯދައި ދިނުމަށްކަމަށް ބުނެ އަމިއްލަ ގާނޫނު ހަދަމުން އަންނަ މަންޒަރު ކަމަށް އިލްޔާސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް