ރައްޔިތުންގެ މަޖިލީހުން ޖިނާއީ ތަހުގީގު ހިންގައި ސަރުކާރުގެ ވުޒާރާތައް ހިންގުމަށް އަމުރުކުރާ ހިސާބަށް ދިއުމަކީ ހައްދު ފަހަނަ އެޅުން ކަމަށާއި އެކަން ހުއްޓުވަން ޖެހޭކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން މިއަދު ކުރެއްވި ޓްވިޓާކާ ގުޅިގެން އާޒިމް ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރޭތޯ މަޖިލީހުގެ ތެރެއިން ބަލަމުން އަންނާނެކަމަށެވެ. އަދި މަޖިލިހަކީ ޖިނާއީ ތަހުގީގު ހިންގާ ތަނެއް ނޫންކަމަށް ވެސް އާޒިމް ވިދާޅުވި އެވެ
މަޖިލީހުން ޖިނާއީ ތަހުގީގު ނުހިންގާނެ ކަމަށް އާޒިމް ވިދާޅުވެފައިވާއިރު ޝޭހް އިލްޔާސް މިއަދު ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއްކަމަށްވާއިރު ކޮންމެ ބާރަކަށް ވެސް އަމަލުކުރާނެ މިންތަކާއި އިންތަކެއް ކަނޑައެޅިފައިވާކަމަށެވެ.
ބާރުތައް ކަނޑައެޅިފައި ވަނިކޮން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މައްސަލަ ބަލައި އެހެން ބާރުތަކަށް ނުފޫޒު ފޯރުވުމަކީ ސިޔާސީ ގޮތުން ހައްދު ފަހަނަ އެޅުންކަމަށް ޝޭހް އިލްޔާސްގެ ޓްވީޓްގައި ބުނެ އެވެ. އަދި އެކަން ހުއްޓުވަން ޖެހޭކަމަށް ޝޭހް ވިދާޅުވެފައިވެ އެވެ.