ads
ޑރ. ނަޒްލާ ރަފީގް--
އެޗްއީއޯސީގެ ތަރުޖަމާނަކަށް ޑރ. ނަޒްލާ ރަފީގް
ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނަކަށް ޑރ. ނަޒްލާ ރަފީގް ހަމަޖައްސަވައިފި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެންމެ ފުރަތަމަ އުފެއްދީ، އެޗްއީއޯސީ އެވެ. އެކަމަކު އެތަނުގެ މަސައްކަތް ގައުމީ ލެވެލްއަކަށް ބަދަލުކޮށް، ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ހިންގަމުން ފެށިއިރު މިމަހުގެ އެއް ވަނަ ދުވަހު އަލުން އެޗްއީއޯސީއަށް ބަދަލުވުމުން ކުރިއެކޭ އެއްގޮތަށް އެތަން ހިންގަމުންދަނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ.  

ކުރިން އެންއީއޯސީ ހިންގަން ފެށިއިރު އެތަނުގެ ތަރުޖަމާނަކަށް ހުންނެވީ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒަވެ. 

މިރޭ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ސީނިއާ މެޑިކަލް އޮފިސަރު، ޑރ. ނަޒްލާ ވަނީ އެޗްއީއޯސީގެ ތަރުޖަނާކަށް ހަމަޖައްސަވާފަ އެވެ. 

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޑރ. ނަޒްލާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ކުރިން އެންއީއޯސީ ހިންގަމުން އައިއިރު ވެސް ޑރ. ނަޒްލާ ވަނީ ވަރަށް ގިނަ ޕްރެސްތަކެއްގައި ބައިވެރިވެވަޑައިގެން މައުލޫމާތު ހިއްސާކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް