
އެންމެ ފުރަތަމަ މި މަންޓާރޭ ފެނިފައި ވަނީ 2015 ގައި ކަމަށާއި އޭގެ ފަހުން އެ މަންތާރޭ ފެންނަލެއް މަދު ކަމުން އެއީ ހަގީގަތުގައި ވެސް ފިޔާތޮށި ކުލައިގެން މަންތާރޭ އެއްތޯ ވަނީ ސުވާލުއުފައްދާފަ އެވެ.
އިންސްޕެކްޓާ ކްލައުޒޯގެ ނަމުން ނަން ދީފައިވާ މި މަންތާރޭ އަކީ 11 ފޫޓުގެ ފިރިހެން މަންތާރޭ އެކެވެ.
ކްލައުޒޯގެ ފޮޓޯ އެއް ނެގި ކްރިސްޓިއަން ލައިން ވަނީ އޭގެ ކުލަ ފިޔާތޮއްޓަށް ބަދަލުވެފައި ވަނީ އޭނާގެ ކެމެރާގެ މައްސަލައެއްގެ ސަބަބުން ކަމަށް ހީކޮށްފަ އެވެ.
ފިޔާތޮށި ކުލައިގެ މަންޓާރޭ
މާހިރުން ވަނީ ކްލައުޒޯގެ ކުލަ ތަފާތުވެފައި ވަނީ ޖެނެޓިކް މިއުޓޭޝަންއެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށް ބުނެފަ އެވެ. އަދި އެއީ އެލާޖީއެއްގެ ސަބަބުން ކުލައަށް އައިސްފައިވާ ބަދަލެއް ކަމަށްވެސް ބައެއް މާހިރުން ލަފާކުރެ އެވެ.
ކްލައުޒޯ އެންމެ ފުރަތަމަ ފެނިފައި ވަނީ އޮސްޓްރޭލިއާގެ ލޭޑީ އެލިއޮޓް އައިލެންޑް އިން ނެވެ.