ads
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް--
ވެށިފަހި މާލެ ޕްރޮގްރާމުގެ ބައެއް ލިޔެކިޔުންތަކަށް ވީނުވީއެއް ނޭނގެ
މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ގޮތަށް ކުރިއަށް ގެންދިޔަ ވެށި ފަހި މާލެ ޕްރޮގްރާމްގެ ބައެއް ލިޔެކިޔުންތަކަށް ވީނުވީއެއް ނޭނގޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

2010 ވަނަ އަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ހުރިހާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާއިރު އެކަން ކުރުމަށް އެ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިއަހަރުގެ ކުރީކޮޅު ވަނީ ހައުސިން މިނިސްޓްރީން އިއުލާންކޮށްފަ އެވެ. 

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ގުޅޭ މައުލޫމާތު މިއަދު ނޫސްވެރިންނަށް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މާލެއިން ބިން ދޫކޮށްލައި ހުޅުމާލެއިން ގޯތި ހޯދުމަށް 507 މީހަކު އެދުން ކަމަށާއި އޭގެ ތެރެއިން 245 ފަރާތަަކަށް ހުޅުމާލެއިން ބިން ދީފައިވާ ކަމަށެވެ. އަދި 101 ފަރާތަކަށް އަރަބިއްޔާ އާއި ގާކޮށީގައި އެޅި ފްލެޓުތައް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. އަސްލަމް ވިދާޅުވީ، އެތަންތަނަށް އެހެން މީހުންނަށް ނުވަދެވުނީ އަގަށް ގެނައި ބަދަލުތަކާއި ގުޅިގެން ކަމަށެވެ. އަދި 98 ފަރާތްތަކަށް ހުޅުމާލޭގައި ހެދި ފްލެޓުތަކަށް ވަދެވުންކަން ވެސް ފާހަގަކުރެއްވި އެވެ. 

އަސްލަމް އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުތަކަށް ވެށިފަހި މާލެ ޕްރޮގްރާމުގެ ލިޔެކިޔުންތައް ރަނގަޅަށް ބެލެހެއްޓިފައި ނުވާ ކަމަށެވެ. އެގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލުމުން ހުށަހެޅި ޝަކުވާތަކާއެކު ހިއްސާކުރި ލިޔެކިޔުންތަކުން، އެކަން މިނިސްޓްރީގެ ތެރެއިން ރަނގަޅަށް ބެލެހެއްޓިފައި ނުވާކަން ފާހަގަކުރެވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ސަރުކާރުތައް ބަދަލުވުމާއެކު ދައުލަތުގެ ލިޔެކިޔުންތަކަށް ވާނުވާ، ނޭނގި ދިއުން. ބައެއް ލިޔެކިޔުންތައް ހުރެދާނެ ބައެއް ބޭފުޅުންގެ އަތްޕުޅުގައި ވެސް ވަރަށް ޕާސަނަލްކޮށް ވެސް ގެންގުޅުއްވަފާނެ ކަންނޭނގެ. އެހެންނަމަވެސް އެ ނެތްކަން އެއީ ވަރަށް ހިތާމަކުރައްވަން ޖެހޭ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

 އޭގެ އިތުރުން ސަރުކާރު ބަދަލުވި ނަމަވެސް ސަރުކާރުގެ ލިޔެކިޔުންތައް ރައްކާކުރެވިފައި ހުންނަން ޖެހޭކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، އެ ޕްރޮގްރާމަށް ކުރިމަތިލި ފަރާތްތައް، ދައުލަތުން ސައްހަ ލިޔުމެއްކަން ކަށަވަރުކުރެވޭނެ، ލިޔުމެއް ހުށަހަޅައިފިނަަމަ، އެ ލިޔުން ވެރިފައި ކުރުމަށް ފަހު، އޭގައި ބަޔާންކޮށްފައިވާ ގޮތަކަށް ކަންކުރާނެ ކަމަށެވެ. 

ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށްފަހު ފްލެޓް ހަވާލުނުކުރެވިވާ ފަރާތްތަކާއި މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކުރާ ފަރާތްތައް އެކަން ލިޔުމަށް ވެސް ކުރިން މިނިސްޓްރީން ހުޅުވާލި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް