ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކަނީރުމާ ގަހެއް
ކަނީރުމާ: ރީތިކަމުގެ ފަހަތުގައި ނުރައްކާތެރި ވިހައެެއް ފޮރުވިފައިވާ މަލެއް
ކަނީރުމާ (ނޭރިއަމް އޮލިއެންޑާ) އަކީ އޭގެ ހިތްގައިމު ރީތިކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ތައުރީފު ލިބިފައިވާ މަލެކެވެ.
Advertisement

ރަތް، ހުދު، ފިނިފެން، އަދި ރީނދޫ ކުލައިގެ ފަރި މަލުގެ ސަބަބުން، ގަސްގަހާގެހި ބަލަހައްޓާ ފަރާތްތަކުންނާއި ގޯތިތައް ޒީނަތްތެރިކުރާ ފަރާތްތަކުން މިމަލަށް ވަރަށް ބޮޑަށް ލޯބިކުރެ އެވެ. ނަމަވެސް، މި ރީތިކަމުގެ ފަހަތުގައި ނުރައްކާތެރި ހަގީގަތެއް ވެއެވެ. ކަނީރުމާ އަކީ އިންސާނުންނާއި ޖަނަވާރުންނަށް އެންމެ ވިހަގަދަ އެއް ގަހެވެ.

ކަނީރުމާ މިހާ ނުރައްކާތެރިކުރަނީ ކާޑިއެކް ގްލައިކޯސައިޑްސްގެ ނަމުން މަޝްހޫރުވި ވިހަ މާއްދާތަކެކެވެ. ހާއްސަކޮށް އޮލިއެންޑްރިން އާއި ނެރީންއެވެ. މި ކެމިކަލްތަކުން ސީދާ ހިތަށް އަސަރުކޮށް، ހިތުގެ ވިންދަށް ނުރައްކާތެރި އަދި ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ފަދަ ބަދަލުތައް ގެނެ އެވެ. ކާޑިއެކް ގްލައިކޯސައިޑްސް ބައެއް ހިތުގެ ބޭސްތަކުގައި ބޭނުންކުރެވޭ ނަމަވެސް، ކަނީރުމާގައި ހުންނަ މިންވަރަކީ ކޮންޓްރޯލް ނުކުރެވޭ އަދި އިންތިހާއަށް ނުރައްކާތެރި މިންވަރެކެވެ.

ކަނީރުމާ ގަހެއްގެ އެންމެ ފަތެއްވެސް ކުޑަކުއްޖަކު މަރުވެދިޔުމަށް ފުދެ އެވެ. ކުޑަ މިންވަރެއް ކެވިއްޖެނަމަ، ގަހުގެ ފަތެއް ދިރުވައިލިޔަސް ނުވަތަ އެ ގަހުގެ ފަތަކައި އެއްކުރެވިފައިވާ ފެނުން ބޯލިޔަސް މޭނުބައިކުރުން، ހޮޑުލެވުން، ބަނޑުގައި ރިހުން، ހިތުގެ ވިންދު ނުރައްކާތެރި ގޮތަކަށް ލަސްވުން، ހާސްވުން، ބޮލަށް އެނބުރުން، އަދި ބޮޑެތި ހާލަތްތަކުގައި ހިތްހުއްޓި މަރުވުންވެސް ބައެއް ފަހަރު މެދުވެރިވެ އެވެ.

އަލާމާތްތައް ފެންނަނީ ގަސް ފަތް ނުވަތަ އެއަށް އެކްސްޕޯޒްވާތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގަ އެވެ. އަވަހަށް މެޑިކަލް އެހީތެރިކަން ނުލިބިއްޖެނަމަ، ނަތީޖާ ވަރަށް ނުރައްކާތެރިވުމުގެ ފުރުސަތު ބޮޑެވެ. ގަހުގެ ދިޔަ ހަށިގަނޑުގައި ޖެހުމުންވެސް ހަންގަނޑު ހިރުވައި އެވެ. އަދި ކަނީރުމާ ގަހުގެ ދުމަށް ނޭވާލެވުނަސް ނުވަތަ އެފަދަ ދުމުގެ އަސަރު ހަށިގަނޑަށް ކުރިނަމަ، ވިހަ ދުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ނުރައްކާތެރި މައްސަލަތައް ދިމާވެދާނެ އެވެ.

މިހުރިހާ ނުރައްކާތަކާއެކުވެސް، ކަނީރުމާ އާންމު ސަރަހައްދު ތަކުގައްޔާއި ގޭގޭގެ ގޯތިތަކުގައި އާދަކޮށް އިންދާ އުޅެ އެވެ. އެއީ ރާއްޖެ ފަދަ ހޫނު ގައުމުތަކުގައި މި ގަސް ވަރަށް ފަސޭހައިން ބޮޑުވެ، ގިނަގިނައިން މާ އަޅަ އެވެ. އަދި އޭގެ ކުލަތައް ގިނަ ގަދަ މަލުގެ ސަބަބުން ގޯތިތަކަށް އިތުރު ފުރިހަމަކަމެއް ގެނުވާތީ އެވެ. ނަމަވެސް، މި ރީތިކަމާއެކު ނުރައްކަލެއް އެބަވެ އެވެ. ހާއްސަކޮށް ގޭގައި އުޅޭ ކުޑަކުދިންނަށެވެ. މި ގަހުގެ އަސަރެއް ކކޮށް ކިރިޔާވެސް އުދަގުލެއްވާނަމަ ސިއްހީ އެހީ ހޯދުން ވަރަށް މުހިންމެވެ.

ކަނީރުމާ ދަސްކޮށްދެނީ ވަރަށް މުހިންމު ފިލާވަޅެކެވެ. ކޮންމެ ރީތި އެއްޗަކުން ހިންހަމަ ޖެހުމެއް ލިބުނަސް ސަލާމަތް ނުވެދާނެ އެވެ. އެހެންކަމުން، ކަނީރުމަލާ މެދު އިންތިހާ ދަރަޖައަށް ސަމާލުވާން ޖެހެއެވެ. ނުވަތަ އެއަށްވުރެ ރަނގަޅު ގޮތަކީ، ދުރުން ބަލާލައިގެން އޭގެ ރީތިކަމަށް ހިތް އުފާކޮށްލުމެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް