
މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ފެށުމަށް ސަރުކާރުން ނިންމާ އެ ޕްރޮގްރާމް އިފްތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
މި ޕްރޮގްރާމްގެ ދަށުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ ދެ ރަށެއްގައި އައިޑީކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް މިއަދު ވަނީ ފަށާފައެވެ. އައްޑޫ ސިޓީން މިއަދު ހިދުމަތް ފެށީ ހިތަދޫ އާއި ހުޅުދޫގައެވެ.
އައްޑޫ ސިޓީގައި އައިޑީކާޑް ޕްރިންޓްކޮށް ދޫކުރަން ފަށަނީ
މި ޕްރޮގްރާމްގެ ދަށުން ދިވެހި ރައްޔިތުން ކާޑް ޕްރިންޓްކޮށް ދޫކުރަން ފުރަތަމަ ފެށީ ގއ. ވިލިގިނލީގައެވެ. އެއީ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު މާލެ ފިޔަވައި އެހެން ރަށެއްގައި ޕްރިންޓްކުރަން ފެށީ ފުރަތަމަ ފަހަރެވެ.
ވެރިރަށް މާލެ ފިޔަވާ ރާއްޖޭގެ 26 ރަށަކުން އައިޑީކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް މިހާރު ލިބޭނެކަަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ބުނެއެވެ.