ޑީއާރުޕީއިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީންގެ ފޭނުންނަށް ކޮވިޑް-19 އާއި ގުޅިގެން ދީފައިވާ ހަދިޔާއަކީ އެހެން އެފަދަ ސެލަބްރިޓީ އިން ނަމޫނާ ނަންގަވަން ޖެހޭ ކަމެއް ކަމަށެވެ. އަދި ކައިޒީން އާއި އެހެން ތަރިން ގައުމު އިސްތިހާރު ކުރުމަށް ކުރަމުން ގެންދާ މަސައްކަތް ފާހަގަކޮށް ޖާބިރު ޝުކުރު ދަންނަވާފައިވާ ކަމަށްވެސް އެ ޓްވީޓުގައި ބުނެ އެވެ.
ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީންއަށް އިންސްޓަގްރާމުން އެއް ލައްކަ ފޮލޯވަރުން ހަމަވުމުގެ އުފަލުގައި ސަޕޯޓަރުންނަށް 3000 ޑޮލަރު ގިވްއަވޭގެ ގޮތުގައި ދޭން ނިންމީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
އެގޮތުން އިންސްޓަގްރާމު ސްޓޯރީ މެދުވެރިކޮށް ކައިޒީން ވަނީ އެ އިނާމު ލިބުނު ތިން ނަސީބުވެރިންގެ ނަން ވަނީ މީގެ ދުވަސްކޮޅެއް ކުރިން އާންމުކޮށްފައެވެ. ނަސީބުވެރި ތިން ފަރާތުގެ ގޮތުގައި ހޮވުނީ މާޒިނާ އާއި ޝެނީފާގެ އިތުރުން ސާކޫ ނަމަކަށް ކިޔާ ތިން މީހެކެވެ. އެއިން ކޮންމެ މީހަކަށް ވެސް 1000 ޑޮލަރު (15420 ރުފިޔާ) ކައިޒީން ވަނީ ހަދިޔާކޮށްފަ އެވެ.
ކައިޒީން މި ނަސީބުވެރި 3 ފަރާތެއް ހޮވީ ފިޓްފާޒިލްގެ ގިވްއަވޭގެ ވާހަކަ ވެސް ގަދަޔަށް ދެކެވެމުންދާ ދުވަސްވަރެކެވެ. އެގޮތުން ބައި ލައްކައެއްހާ ރުފިޔާގެ އަގު ބޮޑު ސާމާނު، ފާޒިލް ދިނީ ޝަރުމީލާގެ ނަމުގައި އޭނާ އަމިއްލައަށް ހެދި ފޭކް އައިޑީއަކަށް ކަމަށް ގިނަ ބަޔަކު ދިޔައީ ތުހުމަތު ކުރަމުންނެވެ.
އެ ތުހުމަތުތައް ދޮގުކޮށް ފާޒިލް ވަނީ ޝަރުމީލާ އިންސްޓަގްރާމު މެދުވެރިކޮށް ދައްކާވެސް ލާފަ އެވެ. އެކަމަކު އެއީ މަކަރާއި އޮޅުވާލުމުގެ ތެރެއިން މީހަކު މޫނު ބުރުގާ އަޅުވާއި، ޝަރުމީލާއަށް ހަދާފައި ކަމަށް އޭނާ ވަނީ ފަހުން އެއްބަސްވެފަ އެވެ.