ads
ސާރާ އަލީ ހާން އޭނާގެ ކޮއްކޮ އާއި މަންމަ އާއެކު--
ސާރާގެ ޑްރައިވަރަށް ވެސް ކޮވިޑް ޖެހިއްޖެ
ބޮލީވުޑުގެ މަޝްހޫރު ތަރި، ސާރާ އަލީ ހާނުގެ ޑްރައިވަރަށް ކޮވިޑް-19 ޖެހިއްޖެ އެވެ.

އެކަން ހާމަކޮށް ސާރާ ބުނީ، އޭނާގެ ޑްރައިވަރު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުމާއެކު އާއިލާގެ މެމްބަރުންގެ އިތުރުން ގޭގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ޓެސްޓްކޮށްފައިވާ ކަމަށެވެ. އަދި އެންމެން ނެގެޓިވް ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

މީގެ ދެތިން ދުވަސްކުރިން ސާރާ ވަނީ، އޭނާގެ ކޮއްކޮ އާއެކު ބޭރަށް ނިކުމެފަ އެވެ. ކާރަށް އެމީހުން އަރާއި ފޮޓޯތައް އާންމުވިއިރު އެ ދުވަހު ކާރު ދުއްވީ ބައްޔަށް ޕޮޒިޓިވްވި ޑްރައިވަރުކަން ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ. 

ސައިފް އަލީ ހާން އާއި އަމްރިތާ ސިންގެ ކައިވެންޏަށް ލިބުނު އެންމެ ދޮށީ ދަރިފުޅު، ސާރާ ދިރިއުޅެމުން ދަނީ އޭނާގެ މަންމައާއެކު އެވެ. އަދި އޭނާގެ ކޮއްކޮ އިބްރާހީމް ވެސް ދިރިއުޅެމުންދަނީ އެގޭގަ އެވެ.

އެ ކައިވެނި 2004 ވަނަ އަހަރުގެ ތެރޭގައި ނިމުމަކަށް އައިިއިރު މިހާރު ސައިފް އުޅެނީ ކަރީނާއާ ކައިވެނިކޮށްގެންނެވެ. އެ ކައިވެންޏަށް ވެސް ކުއްޖަކު ލިބިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް