ads
ޗަރޫ އާއި ރާޖީވް--
އެހެން މީހެއްގެ ސަބަބުން ރާޖީވް އާއި ޗަރޫގެ ކައިވެނި ނިމުމަކަށް؟
ކައިވެންޏަށް އަހަރެއް ނުވަނީސް، އެކްޓަރު ޗަރޫ އަސޯޕާ އާއި ރާޖީވް ސެންގެ ދެމެދުގައި މިވަނީ ގިނަ މައްސަލަތަކެއް ޖެހިފަ އެވެ.

މަޝްހޫރު ބަތަލާ، ސުޝްމީތާ ސެންގެ ކޮއްކޮ، ރާޖީވް ސެން އާއި ޓީވީ ތަރި، ޗަރޫ ކައިވެނިކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ހަތްވަނަ ދުވަހެވެ. އެކަމަކު ވަރަށް ފަހުން، ދެ ތަރިން އެކުގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގެ އެކައުންޓުތަކުން ޑިލީޓް ކުރުމާއެކު މި ދެތަރިންގެ މެދުގައި ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގިގެންދިޔަ އެވެ. 

އެކަމާއި ގުޅިގެން މި ހަފުތާގެ ތެރޭގައި ރާޖީވް ބުނީ، ޗަރޫގެ ބޮލަށް މީހަކު އެރިފައިވާ ކަމަށެވެ. އަދި އެއީ ކާކުކަން ނޭނގުނަސް އެކަން އެނގޭ ދުވަހަކުން ސޯޝަލް މީޑިއާއަށް އެމީހެއްގެ ފޮޓޯ ހިއްސާކޮށް ބަދުނާމުކުރާނެ ކަމަށް ވެސް ބުންޏެވެ. ރާޖީވް ވަނީ، އޭނާގެ ދިރިއުޅުމަށް ގެއްލުންދިނުމަށް ފަހު އެމީހަކަށް މަޑުން ނުހުރެވޭނެ ކަމަށް ބުނެފަ އެވެ.

އެކަމަށް ރައްދު ދެމުން ޗަރޫ އިއްޔެ އިންޑިއާގެ ނޫހަކަށް ބުނީ، އެއްވެސް މީހަކު އޭނާގެ ބޮލަށް އެރިފައި ނުވާ ކަމަށެވެ. އަދި އެގޮތަށް ގަބޫލުކުރާނަމަ، މީގެ ދެމަސް ކުރިން، މިއޮއް ދަތި ދުވަސްވަރު، އޭނާ ދޫކޮށްލާފައި ދިޔައީ ކީއްވެތޯ ވެސް ޗަރޫ ސުވާލު އުފައްދަ އެވެ. 

ޗަރޫ އިތުރަށް ބުނީ އޭނާގެ ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމާއި މެދު ގޮތް ނިންމޭހާ އޭނާ ބޮޑު ކަމަށެވެ. އެހެންކަމުން، އެއްވެސް މީހަކު އެމީހުން ދުރުކުރަން މަސައްކަތް ނުކުރާ ކަމަށް ބުންޏެވެ. 

އޭގެ އިތުރުން ޗަރޫ ބުނީ މީގެ ދެ މަސްކުރިން ރާޖީވް ދިއްލީއަށް ދިިރިއުޅުން ބަދަލުކޮށްފައިވާ ކަމަށެވެ. 

ޗަރޫ ވަނީ މެރޭ އަންގްނޭ މެއިން ފަދަ ޝޯތަކުން ފެނިގެންގޮސްފަ އެވެ. އަދި ރާޖީވް އަންނަނީ މޮޑެލްއެއްގެ ގޮތުގައި ވެސް މަަސައްކަތް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް