ads
ގާޒީ އިސްމާއިލް ރަޝީދު-- ފޮޓޯ: އަވަސް
އަދީބުގެ ދައުވާތައް ބޭރުކޮށްލި ގާޒީގެ މައްސަލަ ބަލަނީ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ބާތިލްކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވާއިރު އެ ދައުވާތައް ކޮށްފައިވަނީ ޕީޖީ އޮފީހާއި އަދީބާއި ދެމެދު ހަދާފައިވާ އިއުތިރާފް އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށެވެ. އެކަމަކު އިއްޔެ އޮތް އިބްތިދާއީ އަޑުއެހުމުގައި ގާޒީ ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލުކޮށް، މިނިވަންކޮށްފަ އެވެ. 

ޖޭއެސްސީން މިރޭ ބުނީ މިއަދު ބޭއްވި ކޮމިޝަނުގެ 50 ވަނަަ ބައްދަލުވުމުގައި ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ބަލަނީ އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ މައްސަލައާ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާވާ މައްސަލައަކާ ގުޅިގެން ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ. 

ހަތް ދައުވާ ބާތިލުކުރުމުން މިއަދު ޕީޖީ އޮފީހުން ވެސް ވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ފޮނުވާފަ އެވެ. 

ރޭ ވަނީ އަދީބު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ވެސް ނެރެފަ އެވެ. ފުލުހުން ބުނެފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ޖިނާއީ ކުށްތަކާއި ގުޅޭގޮތުން ކްރިމަނަލް ކޯޓުގައި އުފުލިފައިވާ ދައުވާތައް ބާތިލުކުރުމުން އެމައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމަށްޓަކައި އެމައްސަލައިގައި ހިމެނޭ އަދީބުގެ މައްޗަށް ފުރުން މަނާ އަމުރެެއް ނެރެދިނުމަށް ފުލުހުން އެދުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް