ads
ކޮއްކޮ އާއެކު ހަ އަހަރުގެ ފިރިހެން ކުއްޖާ--
ކުއްތާއެއްގެ ކިބައިން ކޮއްކޮ ސަލާމަތް ކުރަން އުޅުނު ކުއްޖަކަށް ބޮޑު ޒަހަމްތަކެއް ލިބިއްޖެ
އެމެރިކާގައި އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކު އޭނާގެ އަންހެން ކޮއްކޮ، ކުއްތާއެއްގެ ކިބައިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ބޮޑެތި ޒަހަމްތަކެއް ލިބިއްޖެ އެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު، ބްރިޖާ ވޯކާ، ނަމަކަށް ކިޔާ، އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކު ވަނީ، އޭނާގެ ހަތަރު އަހަރުގެ ކޮއްކޮއާ ދިމާލަށް ކުއްތާއެއް އަންނަން ފެށުމުން އެ ކުއްޖާ ސަލާމާތް ކުރުމަށް މަސައްކަތްކޮށްފަ އެވެ. 

އެކުއްތާއާ ކުރިމަތިލާ ފިރިހެން ކުއްޖާ އޭނާގެ ކޮއްކޮ ސަލާމަތްކުރި ނަމަވެސް އެތައް ފަހަރެއްގެ މަތިން ފިރިހެން ކުއްޖާގެ މޫނު މައްޗަށް ކުއްތާ ވަނީ ހަމަލާދީފަ އެވެ. އޭގެ ސަބަބުން ކުއްޖާގެ ބޮލާއި މޫނު މައްޗަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފަ އެވެ. 

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ކުއްޖާގެ އަނގަމައްޗާއި ލޯމަތި ވެސް ވަރަށް ބޮޑަށް ދުޅަވެފައިވާ މަންޒަރު ފެނިގެންދާއިރު އާއިލާއިން ބުނާ ގޮތުގައި އެކުއްޖާގެ ވަނީ ދެގަޑިއިރުގެ ސާޖަރީއެއްގައި 90 އެއްހާ ތަނެއް ފަހާފަ އެވެ.

އިންސްޓަގްރާމު މެދުވެރިކޮށް ކުއްޖާގެ އާއިލާއިން އެ ވާހަކަ ހިއްސާކުރުމާއިއެކު ގިނަ ބަޔަކު އަންނަނީ ފިރިހެން ކުއްޖާގެ ހިތްވަރަށް ތައުރީފް ކުރަމުންނެވެ. އޭގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ތަރިން ވެސް ހިމެނެ އެވެ. އަދި ފިރިހެން ކުއްޖާއަކީ ހަގީގީ ހީރޯއެއް ކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް