ads
ފުލުހުން ބޮޑުފިނޮޅުގައި-- ފޮޓޯ: ފުލުހުން
ބިދޭސީން ބާލަން އަމުރު ނެރެދިން މެޖިސްޓްރޭޓްގެ މައްސަލަ ނުބަލާން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުނީގެ ނަމާއި މެދު ސުވާލު އުފައްދާ ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ބޮޑުފިނޮޅުގެ މައްސަލާގައި ނެރުނު އަމުރާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ލަތީފާ ދެކޮޅަށް ހުށަހެޅި މައްސަލަ ނުބަލަން ޖޭއެސްސީން ނިންމައިފި އެވެ.

ބޮޑުފިނޮޅުގައި ބިދޭސީން ލައްވާ މަސައްކަތް ކުުރުވުމަށްފަހު އެމީހުންނަށް އުޖޫރަ ނުދިނުމުން ބިދޭސީ މަސައްކަތްތެރިން އެރަށުގައި ހަމަނުޖެހުން އުފައްދާ، ދިވެހިންތަކެއް ރަހީނުކުރި މައްސަލާގެ އިތުރުން އެރަށުގެ މުދަލަށާއި ތަކެއްޗަށް ގެއްލުން ދިން މައްސަލާގައި އެރަށުގައި ތިބި ބިދޭސީން ބޭލުމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލަކު އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް ފާހަގަނުވާތީ އެ މައްސަލަ ނުބަލަން މިއަދު ބޭއްވި ކޮމިޝަންގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ. 

މެންބަރު ރިޒާގެ ކުންފުނި ތަމްސީލު ކުރާ ލޯކްރާފްޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަގުތީ އަމުރު ނެރުނީ ވަކިބަޔަކަށް މަންފާވާގޮތަށް ކަމަށެވެ. އަދި އެއީ ގާނޫނާ ހިލާފަށް ކުރެވިގެން ދިޔަ އަމުރެއް ކަމަށާއި އެ އަމުރު ކޮށްފައިވަނީ ބައެއްގެ ނުފޫޒުންކަމަށް ވެސް ތުހުމަތު ކުރެ އެވެ.

އެރަށުގައި ރިސޯޓު ޑިވެލޮޕްކުރާ ސީލް މޯލްޑިވްސުން ބުނާ ގޮތުގައި އެރަށުގައި މިހާރު ތިބީ ރިޒް ކުންފުނީގެ 197 ބިދޭސީ އެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް