ads
ނިހާން--
ބިދޭސީން އިތުރުވީ ޔާމީންގެ ވެރިކަމުގައި، އެއީ މައްސަލައެއް ނޫން: ނިހާން
ބިދޭސީން ރާއްޖެގައި އިތުރުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކަމަށާއި އެކަމަކު އެއީ މައްސަލައެއް ނޫން ކަމަށް ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން ވިދާޅުވެއްޖެ އެވެ.

ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި މިރޭ ނިހާން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ވެސް ރާއްޖޭގައި 62500 އަށް ވުރެ ގިނަ ބިދޭސީން އައީ މަސައްކަތް ކުރަމުން ކަމަށާއި އޭގެ ތެރޭގައި 32000 އަށް ވުރެ ގިނަ މީހުންނަކީ އަވަށްޓެރި ގައުމެއްގެ ބައެއްކަން ކަމަށެވެ. އެކަމަކު އެއީ ކޮން ގައުމެއްގައި ފާހަގަކުރައްވާފައި ނުވާއިރު ނިހާން ވިދާޅުވީ، އޭރު ރާއްޖޭގައި އުޅުނު ބަންގްލަދޭޝް މީހުންގެ އަދަދު 7000 އަށް ވެސް ނާރާ ކަމަށެވެ. 

އެހެންކަމުން، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ބޮޑުވީ ރައީސް ޔާމީންގެ ވެރިކަމުގައިތޯ ސުވާލުކުރުމުން ނިހާން ވިދާޅުވީ "ރައީސް ޔާމީންގެ ސަރުކާރުގައި އިތުރުވުމަކީ މައްސަލައެއް ނޫން" ކަމަށެވެ. 

" ރައީސް ޔާމީންގެ ސަރުކާރުގައި އިތުރުވުމަކީ މައްސަލައެއް ނޫން. އަދި މިސަރުކާރުގެ ވެސް މައްސަލައެއް ނޫން،"

އޭގެ އިތުރުން، އެ މައްސަލަ ހައްލުކުރަން މަސައްކަތް ނުކުރީ ކީއްވެތޯ ސުވާލުކުރުމުން ނިހާން ވަނީ މައްސަލަ ޖެހުނީ އެހަކަށް ދުވަހު ކަމަށް ވިދާޅުވެފަ އެވެ. 

"ތިޔަ ވިދާޅުވާ ބިދޭސީންގެ މައްސަލަ ރައްޔިތުންނަށް އޮބި ނޯންނަ ހިސާބަށް، މަގުމައްޗަށް ނިކުންނަ ހިސާބަށް، ގޭގައި ނުތިބެވޭ ހިސާބަށް މި ސަރުކާރުގައި އެހަށް ދުވަހުއޭ އިނގޭތޯ،"


ނިހާން ވިދާޅުވީ، ބިދޭސީންގެ މައްސަލަ އޮބި ނޯންނަ ހިސާބަށް ދިޔައީ މި ސަރުކާރު ނުކުޅެދުމުން ކަމަށެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރުގައި ކަންކަން އެޅުވުމުގެ ބަދަލުގައި މި ސަރުކާރުން ކުރަން ޖެހޭ ކަމަކީ މައްސަލަ ހައްލުކުރުން ކަމަށާއި މިހާރު ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ވެސް ނޭނގޭ ކަމަށް ވިދާޅުވި އެވެ. 

ނިހާން އިތުރަށް ވިދާޅުވީ، އެމީހުންގެ ގައުމުން އެމީހުންނާއި ހަވާލުނުވާއިރު ބޯޓެއްގައި ގެންގޮސް ގައުމަށް ނުވެސް ފޮނުވޭނެ ކަމަށް ވެސް ގަބޫލުކުރައްވާ ކަމަށެވެ. 

އެކަމަކު ބިދޭސީންގެ މައްސަލަ އޮބިނޯންނަ ހިސާބަށް ދިޔައީ މިދިޔަ ސަރުކާރުގައި ހިންގި ތަރައްގީގެ މަޝްރޫއުތަކާއި ގުޅިގެން އައި މީހުންގެ ސަބަބުން ކަމަށް ނިންމުމުން އެ އުޅެވެނީ ހައްލު ހޯދަން ނޫން ކަމަށް ނިހާން ވިދާޅުވި އެވެ. 

"ކޮންމެ ފަދަ ބޭނުމެއްގައި އަދި ބަޔަކު ނުރައްކާތެރި ބޭނުމެއްގައި މި މީހުން އަތުން ފައިސާ ހޯދުމުގެ ނުޔަތުގައި ގެނެޔަސް ވިޔަފާރީގެ ބޭނުމެއްގައި ގެނެޔަސް ސައްހަ ހަލާލު ގޮތުގައި ގެނެސްގެން ބޭނުންކުރި ނަމަވެސް މިހާރު މިއޮތީ މައްސަލަ ޖެހިފައޭ. އޭރަކު މައްްސަލައެއް ނުޖެހެޔޭ. ބަޔަކަށް އުނދަގުލެއް ނުވެޔޭ. ނުރައްކަލެއް ނެތޭ. މި ޖެހުނީމަ ދެން އިސްލާހުކުރުމުގެ ވާހަކަ ދައްކާ،"

ނިހާން ވިދާޅުވީ އޭރުގެ ސަރުކާރުގައި ބިދޭސީންނާއި ގުޅިގެން އޮތް މައްސަލަތަކުގެ ހައްލު ސަރުކާރުން އައީ ހޯދައިދެމުން ކަމަށާއި އެހެންކަމުން އޭރު އާންމު ރައްޔިތުންނަށް އުނދަގޫތަކެއް ނުވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް