ads
ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް
ވޯލްޑް ޓްރެވަލް އެވޯޑްސް އަށް މޯލްޑިވިއަން ނޮމިނޭޓްވެއްޖެ
މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްއަށް މޯލްޑިވިއަން ނޮމިނޭޓްވެއްޖެ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން ބުނީ މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފަސް ކެޓަގަރީއަކަށް އެ އެއާލައިން ނޯމިނޭޓް ވެފައި ވާކަމެވެ. އެ ކެޓަގަރީ ތަކަކީ:

އިންޑިއަން އޯޝަންސް ލީޑިންގް އެއާލައިން

އިންޑިއަން އޯޝަންސް ލީޑިންގް އެއާލައިން - ބިޒްނަސް ކްލާސް

އިންޑިއަން އޯޝަންސް ލީޑިންގް އެއާލައިން – އިކޮނޮމީ ކްލާސް

އިންޑިއަން އޯޝަންސް ލީޑިންގް އެއާލައިން ބްރޭންޑް

އިންޑިއަން އޯޝަންސް ލީޑިންގް ކެބިން ކްރޫ

މިފަދަ އެވޯޑްތަކަށް ނޮމިނޭޓްވުމަކީ ރާއްޖެއާ ދޭތެރޭ ފަތުރުވެރީންގެ މެދުގައި އޮންނަ ލޯތްބާއި މަގްބޫލުކަން އަންގަވައިދޭ ކަމެއް ކަމަށް ވެއެވެ. އެގޮތުން ދިވެހިރާއްޖެ އަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފަ އެވެ. ވޯޓު ދިނުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ.

ދާދި ފަހުން މި އެވޯޑްސް އަށް ރާއްޖެ ވަނީ ދިހަ ކެޓަގަރީއަކަށް ނޮމިނޭޓް ވެފައެވެ. އަދި ކުރީގެ އަހަރުތަކުގައިވެސް ރާއްޖޭގެ މި އެވޯޑްސްގެ ކެޓަގަރީތަކުން ވަނީ އެތައް ވަނަ އެއް ހާސިލްކޮށްފަ އެވެ. އެގޮތުން މިދިޔަ 16 އަހަރުގެ ތެރޭގައި ރާއްޖެ ވަނީ "އިންޑިއަން އޯޝަންސް ލީޑިންގް ޑެސްޓިނޭޝަން އެވޯޑް" 12 ފަހަރު ހޯދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް