ads
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް
ސައުދީ ރަސްގެފާނުގެ ހާލު އަންނަނީ ރަނގަޅުވަމުން
ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒްގެ ހާލުކޮޅު ސްޓޭބަލް ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރަސްގެފާނުގެ ހާލުކޮޅު ސްޓޭބަލް ކަމަށާއި ރަނގަޅު ކަމަށް ސައުދީގެ މަސްދަރުތަކަކުން ވަނީ ބުނެފައެވެ. 

ގޯލްބްލޭޑަރު އިންފްލެމޭޝަން އަކާއި ގުޅިގެން ދާދި ފަހުން ސައުދީ ރަސްގެފާނު ވަނީ އެޑްމިޓްކޮށްފައެވެ. އަދި އެޑްމިޓް ކުރެވުނުތާ ދުވަހެއް ފަހުން އެމަނިކުފާނު ވަނީ ހޮސްޕިޓަލުގައި ވީޑިއޯ ކޯލަކުން ކެބިނެޓް ބައްދަލުވުމެއް ބާއްވާފައެވެ. 

އެ ބައްދަލުވުމުގެ އަޑު ނެތް ވީޑިއޯއެއް އަންގާރަ ދުވަހު ސައުދީ ސްޓޭޓް ޓީވީގައި ދައްކާފައިވާއިރު އޭގައި ފެނިގެން ދިޔައީ ރަސްގެފާނު މޭޒެއް ފަހަތުގައި ޑޮކިއުމެންޓްތަކެއް ކިއާ މަންޒަރުތަކެވެ. 

އެގޮތުން ރަސްގެފާނު އެޑްމިޓް ކޮށްފައިވާ އިރު މެޑިކަލް ޗެކަޕްތައް ކުރިއަށް ދާ ކަމަށް ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ވަނީ ބުނެފައެވެ. ނަމަވެސް ރަސްގެފާނުގެ ހާލުކޮޅާއި ބެހޭ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

އުމުރުފުޅުން 84 އަހަރުގެ ސަލްމާން ބިން އަބްދުލް އަޒީޒްއަކީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ އެކްސްޕޯޓު ހިންގާ ފަރާތެވެ. 

ސައުދީގެ ވަލީއަހުދަކީ ސަލްމާންގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން (އެމްބީއެސް) އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް