ads
ޖެކީ އާއި ޓައިގާ
ބައްޕަ ޖެކީ އާ އެކު ޓައިގާ ކުޑައިރު ނަގާފައި އިން ފޮޓޯއެއް ދުށިންތަ؟
ޓައިގާ ޝްރޮފް އަކީ ބޮލީވުޑްގައި މިހާރު އަރަމުން އަންނަ ތަރިންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ. ގިނަ ބައެއްގެ މަގްބޫލުކަން ޓައިގާ އަށް ލިބިފައިވާ އިރު، ޓައިގާ އަކީ ސޯޝަލް މީޑިއާގައި ފޭނުން ގިނަ ކަންތައްތަކެއް ހިއްސާކުރަމުން އަންނަ ތަރި އެކެވެ.

ޓައިގާގެ ފޭނުން އަބަދުވެސް ތިބެނީ އޭނާގެ އެންމެ ފަހުގެ ފޮޓޯ ތަކާއި ކުޑަ އިރުގެ ފޮޓޯތަކުގެ އިންތިޒާރުގަ އެވެ. 

އީޓައިމްސް އިން ވަނީ ބުރާސްފަތި ދުވަހު ޓައިގާ ގެ ކުޑަ އިރުގެ ފޮޓޯ އެއް އިންސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ. 

އެ ފޮޓޯ އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވާއިރު، ގިނަ ބައެއްގެ ލޯ އެ ފޮޓޯގައި އަޅައި ގަތީ އެފޮޓޯ އިން ފެނިގެން ދަނީ ހަމައެކަނި ޓައިގާ ނޫންވީމަ އެވެ. 

އީޓައިމްސް އިން ޝެއާ ކުރި ފޮޓޯ އިން ޓައިގާ އާއި އެކު އޭނާގެ ބައްޕަ ޖެކީ ޝްރޮފް ވެސް ފެނިގެން ދެ އެވެ. ފޮޓޯއިން ފެނިގެން ދަނީ ޖެކީ ޓައިގާ ގެ ގައިގައި ބައްދާލައިގެން ހުރި ތަނެވެ. 

ޓައިގާ އެންމެ ފަހުން ގެނިގެންގޮސްފައިވަނީ "ބާގީ 3" އިންނެވެ. އެފިލްމު ނެރެފައިވަނީ މިމަހުގެ ހަ ވަނަ ދުވަހުއެވެ. އެފިލްމުގައި އޭނާއާއެކު ފެނިގެންދިޔައީ ޝްރައްދާ ކަޕޫރެވެ.

ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ޓައިގާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ހީރޯޕަންތީ 2" އިންނެވެ. އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް