ads
ރަސްމީ ޖަލްސާއެއްގައި ގައުމީ ސަލާމް ކިޔާވަގުތު ވަޒީރުން މޭމަތީގައި އަތް އަޅައިގެން
މައުމޫން މައާފާއެކު ވިދާޅުވީ ގައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އަޅަން ނުޖެހޭކަމަށް
ގައުމީ ސަލާމް ކިޔާއިރު މޭގައި ކޮންމެހެން އަތް އަޅަން ނުޖެހޭކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމީ ސަލާމް ކިޔާއިރު މޭގައި އަތް އަޅަން ލިޔެފއަިވާ އެއްވެސް އެއްޗެއް ރާއްޖޭގައި ނެތްކަމަށެވެ.  

" މާފު ކުރައްވާށެވެ. ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ދިވެހި ރާއްޖޭގެ ގާނޫނެއްގައިވެސް ނުވަތަ ގަވާޢިދެއްގައިވެސް އޮންނަ ކަމެއް ނޫނެވެ." މައުމޫން އެކްސްގައި ލިޔުއްވާފައި ވެއެވެ.

ރައީސް މައުމޫން މި މޭރުން ވާހަކަ ދައްކަވާފައަި މިވަނީ ސަރުކާރުން ބާއްވާ ހުރިހާ ރަސްމިއްޔާތެއްގައި ގައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެެޅުން އާދެވެފއި ވަނިކޮށެވެ. އެގޮތުން ރަސްމީ ޖަލްސާތަކުގައި ގައުމީ ސަލާމް އަންނައިރު ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި ދައުލަތުގެ ހުރިހާ އިސްވެރިން ތިއްބަވަނީ މޭމަތީގައި އަތް އަޅައިގެންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;