ads
ޖައްމު ކަޝްމީރަށް އިނގިރޭސި ޕާލަމެންޓް މެމްބަރުން ގެންދަން ޕާކިސްތާނުން ބޮޑު ހަރަދެއްކުރި!
ކަޝްމީރުގެ ޕާކިސްތާނު ފަޅިއަށް ޒިޔާރަތްކުރުމަށް އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ޕާކިސްތާނުން 30 ލައްކަ ރުޕީޒް ހަރަދުކޮށްފައިވާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިންޑިއާގެ ޒީނިއުސް އިން އާއްމުކޮށްފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ވަފުދު ލީޑްކުރެއްވީ ލޭބާ ޕާޓީގެ މެމްބަރު ޑޭބީ އަބްރަހަމްސް އެވެ. ޑެބީއަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު އިންޑިއާއަށް އެތެރެވުމަށް އިންޑިއާއިން ހުއްދަ ނުދީ، ދިއްލީ އެއާޕޯޓުން އަނބުރާ ފޮނުވާލި މެމްބަރެކެވެ. 

އާއްމުވެފައިވާ ލިޔެކިޔުންތަކާ ހަވާލާދީ އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އަނބުރާ އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ބަދަލުގައި ޑެބީ ވަޑައިގަތީ ދުބާއީ މަގުން އިސްލާމްއާބާދަށެވެ. އަދި ބޮޑުވަޒީރު އިމްރާން ހާން އާއި ބައްދަލުކުރެއްވިއެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްކުރާ ގޮތުން މި ދަތުރުފުޅުގައި ޑެބީއަށާއި އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މާލީ ފައިދާތަކެއް ވަނީ ލިބިފައެވެ. 

ޑެބީ އަށް އިންޑިއާއަށް އެތެރެ ނުވެވުނު މައްސަލައިގައި އޭނާ ވަނީ މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް