ads
އުޒްބެކިސްތާނު ފޮޓޯ: އިންސައިޑާ
އުޒްބަކިސްތާނުން ކޮވިޑް ޖެހޭ ފަތުރުވެރިންނަށް 3000 ޑޮލަރު ދެނީ
އުޒްބަކިސްތާނަށް ދަތުރުކޮށް، އެގައުމުގައި ހުއްޓާ ކޮވިޑް-19 ޖެހޭ ފަތުރުވެރިންނަށް 3000 ޑޮލަރު ދިނުމަށް އުޒްބަކިސްތާނުގެ ސަރުކާރުން ނިންމައިފި އެވެ.

މިކަމާއި ގުޅޭގޮތުން އުޒްބެކިސްތާނުގެ ޓޫރިޒަމް އެމްބެސެޑަރު ސޯފީ އިބްބޮޓްސަން ވިދާޅުވީ އެއީ ފަތުރުވެރިން އެ ގައުމަށް ދިއުމާ މެދު އަނބުރާ ޔަގީންކަން ހޯދުމަށް ކުރި ކަމެއް ކަމަށެވެ. އަދި ކޮވިޑް ފެތުރުނަ ނުދިނުމަށްޓަކައި އެ ގައުމުގެ ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިންނަށް ބަލިން ރައްކާތެރިވުމުގެ ޔަގީންކަން ސަރުކާރުން އޮތް ކަމަށްވެސް ސޯފީ ވިދާޅުވެ އެވެ.

ކޮވިޑް ޖެހޭ ފަތުރުވެރިންނަށް ބަދަލުގެ ގޮތުގައި ދެވޭ 3000 ޑޮލަރަކީ އުޒްބެކިސްތާނުގައި އެބައްޔަށް ފަރުވާހޯދުމަށް ބޭނުންވާނެ ފައިސާގެ އަދަދު ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި އެ ފައިސާއަކީ ވަކި ޝަރުތުތަކަކާއި އެކު ލިބޭ އެއްޗެއް ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން ކޮވިޑަށް ޕޮޒިޓިވްވާ ފަތުރުވެރިންނަކީ އެގައުމުގެ ޓުއާ ގައިޑަކާއެކު ދަތުރުކޮށްފައިވާ ބަޔަކަށް ވާން ޖެހެއެވެ. އަދި އެ ޓުއާ ގައިޑަކީ ރައްކާތެރިކަމާއި ސިއްހީ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރާ މީހެއް ކަމަށްވެސް ވާން ޖެހެއެވެ. ހަމަމިއާއެކު އެ ގައުމުގައި ޓޫރިސްޓު ސައިޓު ތަކާއި ފަތުރުވެރިން ތިބޭ ތަންތަނަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރާކަމަށް ސަރުކާރުން ޔަގީންކޮށްފައިވާ ތަންތަން ކަމުގައިވެސް ވާން ޖެހެއެވެ.

އުޒްބެކިސްތާނުގައި ގައުމީ ދަތުރުތައް މި މަހު ފެށިގެން ދާއިރު ލޯ ރިސްކު ގައުމުތަކުގެ ފަތުރުވެރިންނަށް އެއްވެސް ހިފެހެއްޓުމަކާއި ނުލާ އެ ގައުމަށް ވަދެވޭނެ އެވެ. މީގެ ތެރޭގައި ޗައިނާ، އިސްރާއީލް، ޖަޕާން އަދި ސައުތް ކޮރެއާ ހިމެނެއެވެ. ނަމަވެސް ޔޫކޭ އާއި އީޔޫގެ ގައުމުތަކުން އަންނަ ފަތުރުވެރިން 14 ދުވަހުގެ މުއްދަތަކަށް ސެލްފް ކަރަންޓީނު ވާންޖެހެއެވެ. ނަމަވެސް އެ ގައުމުތަކުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުން އެ ގަވާއިދު އުވާލެވޭނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް