ads
ސްކޭމް މައްސަލާގައި ހޯދައިދޭން ފުލުހުން އެދުނު މީހާ
ސްކޭމުން ފައިސާ ފޭރިގަން މީހަކު ހޯދަން ފުލުހުން އެހީއަށް އެދިއްޖެ
ސްކޭމްކޮށް ފައިސާ ފޭރިގަނެގެން އުޅޭ މީހަކު ހޯދައިދޭން ފުލުހުން އާއްމުންގެ އެދިއްޖެއެވެ.
Advertisement

ފުލުހުން ވަނީ މި މީހާ އޭޓީއެމްއަކަށް ވަދެ ފައިސާ ނަގަން ހުންނަތަން ފެންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފައެވެ. ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހާއަކީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ، ސްކޭމްގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެފައިވާ މީހެއްކަމަށެވެ. އެހެންނަމަވެސް އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއްކަމަށްވެސް ފުލުހުން ބުނެއެވެ. 

އެހެންކަމުން، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 9212020 އަށް ގުޅާ އެ މައުލޫމާތެއް ހިއްސާކުރުމަސް ފުލުހުން އެދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;