ads
އިްނޑިއާއިން ރާއްޖެއަށް ހަދިޔާކުރ ހިމަބިހީގެ ވެކްސިނާއި ހެލެތް މިނިސްޓަރު ގީލާ ހަވާލުވެޑައިގަންނަވަނީ
ހިމަބިހި ފެތުރޭތީ ސިއްހީ ދާއިރާގެ މީހުންނަށް ވެކްސިން ދޭން ފަށައިފި
ރާއްޖެއިން ނައްތާލާފައިވާ ބައްޔެއްކަމަށްވާ ހިމަބިހި ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުވެ އިތުރުވާތީ ސިއްހީ ދާއިރާގެ މީހުންނަށް ވެކްސިން ދޭން ފަށައިފިއެވެ.
Advertisement

މާލޭ ސަރަހައްދުން ހިމަބިހި (މީސަލްސް) ޖެހިފައިވާ ބަޔަކު ފެނުނުކަމަށް އެޗްޕީއޭން ބުނީ މިިދިޔަމަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ ބަލި ކޮންޓްރޯލް ނުވެ އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 20 އަރާފައެވެ.  

ހިމަ ބިއްސަކީ ފަސޭހަކަމާއި އެެކު ފެތުރޭ ބައްޔެއްކަމުން އެ ބަލިން ރައްކާތެރިވުމަށް ސިއްހީ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ވަނީ ވެކްސިން ދޭން ފަށާފައެވެ. އެގޮތުން ހިމަބިހީގެ ވެކްސިންގެ އިތުރު ޑޯޒެއް، ނަރުހުންނާއި ޑޮކްޓަރުން އަދި ސިއްހީ ދާއިރާގެ އެހީތެރިންނަށް އަންނަނީ ދެމުންނެވެ. އެގޮތުން މިހާތަނަށް 1،118 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހިމަބިހި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިން ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ ތެރޭގައި 2 ބިދޭސީއަކުވެސް ހިމެނެއެވެ. 

ހިމަބިހިން ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް

  • ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން.
  •  ފަރުވާ ހޯދަން ދާއިރު މާސްކު އަަޅައިގެން ދިއުން
  • އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް( ބަސް، ފެރީ، ޓެކްސީ ) ބޭނުން ނުކުރުންް 
  • ހިމަ ބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން. 
  • ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން 

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ބައްޔެކެވެ. އެހެންނަމަވެސް 2023 ވަނަ އަހަރު ވެސް މި ބަލީގެ ކޭސްތަކެއް ވަނީ ރާއްޖެއިން ފެނިފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;