ads
ސްޓެލްކޯގެ މުވައްޒަފުން މަސައްކަތް ކުރަނީ--
ގާފަރުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ސްޓެލްކޯއިން ނިންމާލައިފި
ގާފަރުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް ސްޓެލްކޯއިން ކުރަމުންގެންދާ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި އެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނީ މިއީ ގާފަރުގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ ވޯލްޓޭޖް ޑުރޮޕް ހައްލު ކުރުމަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. ގާފަރުގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް އެކުންފުނިން ކުރަމުންދިޔަ މަސައްކަތް ނިމިފައި ވާއިރު، ގާފަރު ރައްޔިތުންގެ އުއްމީދުތަކަށް ވަރަށްބޮޑު ހައްލެއް ލިބިގެންް ގޮސްފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ. 

އޭގެ އިތުރުން މި މަސައްކަތް ކުރިޔަށް ގެންދިއުމުގައި ކަމާއި ގުޅުން ހުރި އިދާރާތަކުންނާއި، ގާފަރުގެ ރައްޔިތުންގެ ފަރާތުން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށްވެސް އެކުންފުނިން ބުނެއެވެ.

 

ގާފަރުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރަމުން ގެންދަނީ އެ ކުންފުނިން ހިދުމަތްފޯރުކޮށްދޭ ފަރާތްތަކަށް އެެއްވެސް ދަތިކަމެއް ނެތި ހިދުމަތް ފޯރުކޮށްދިނުމަށް ކުންފުނިން ކުރާ މަސައްކަތުގެ ތެރެއިންނެވެ.

މިހާރުވެސް ސްޓެލްކޯ އިން ހިދުމަތް ދޭ ގިނަ ރަށްތަކެއްގައި ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް