ads
އިޒްރޭލުގެ އެއާޕޯޓެއް: ފޮޓޯ ޖުރޭސެލަމް ޕޯސްޓު
އިޒްރޭލުގެ އެއާޕޯޓުތައް އާންމު ދަތުރުފަތުރުކުރުމަށް ހުޅުވާލަނީ
އިޒްރޭލުގެ ވައިގެ ބަނދަރުތައް ހުޅުވާލޭނެ ޕްލޭނެއް އެ ގައުމުގެ ޓްރާންސްޕޮޓޭޝަން މިނިސްޓްރީން އެކުލަވާލައިފިއެވެ.

އެ ޕްލޭންގައިވާގޮތުން އިޒްރޭލަށް އެތެރެވާ މީހުން ފަސް ދުވަސްވަންދެން ކަރަންޓީނު ވާންޖެހެއެވެ. މީގެ ކުރިން އޮތީ 14 ދުވަސް ވަންދެން ކަރަންޓީނު ވާންޖެހޭގޮތަށެވެ. 

އިޒްރޭލުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުން އެ ގައުމަށް އެތެރެވޭ އެންމެން ކޮވިޑް ޓެސްޓު ހަދާކަށް ނުޖެހެއެވެ. ނަމަވެސް ބޮޑެތި ބަލިތަކަށް ފަރުވާކުރަންޖެހޭ މީހުންނާއި، ދިގުމުއްދަތައް ފަރުވާކުރަންޖެހޭ މީހުން ފްލައިޓުތަކަށް އެރުމުގެ ކުރިން ކޮވިޑަށް ޓެސްޓުކޮށް ނެގެޓިވް ވާންޖެހެއެވެ. 

އެއާޕޯޓުތައް ހުޅުވާލޭނެ ޕްލޭނެއް އެކުލަވައިލި ނަމަވެސް އަދި މި ޕްލޭން ފައިނަލްކޮށް އާންމުކޮށްފައި ނުވާކަމަށް އެ ގައުމުގެ ރިޕޯޓުތައް ބުނެއެވެ.  

މީގެ އިތުރުން އިޒްރޭލުގައި ޖައްސާ ކޮންމެ ފްލައިޓެއްވެސް ޖެއްސޭނީ އެގައުމުގެ ހެލްތް މިނިސްޓްރީންނާއި، ކޮވިޑް ކެބިނެޓުގެ ހުއްދަ ލިބިގެންނެވެ. 

ކޮވިޑް 19 ގެ އާލަމީ ވަބާ ދުނިޔޭގައި ފެތުރެން ފެށިފަހުން އިޒްރޭލަށް ދަތުރުކުރާ ފްލައިޓުތަކުގެ އަދަދުވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި އެހެން ގައުމުތަކުގެ މީހުންނަށް އިޒްރޭލަށް އެތެރެވެވެނީ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް