ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އުޅަނދެއް-- ފޮޓޯ: މޯލްޑިވްސް މެގަޒިން
އަލުން ޓޫރިސްޓުންނަށް ހިދުމަތް ދޭއިރު ހުއްދަ ނަގަން އެންބީއޭއެމް އިން އެދިއްޖެ
ޓޫރިޒަމް މިނިސްޓްރީން ނަގަން ޖެހޭ ހުއްދަތައް ނަގައިން ނޫން ގޮތަކަށް ފަތުރުވެރިންނަށް ދޭން ޖެހޭ ހިދުމަތް ނުދިނުމަށް ނޯޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އިލްތިމާސްކޮށްފި އެވެ.
Advertisement

އެންބީއޭއެމް އިން ބުނީ ޓޫރިސްޓުން އަރުވާ ލިވަބޯޑުތަކާއި ސަފާރީ ފަދަ އުޅަނދުތަކުން އަލުން ހިދުމަތް ފެށުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ނަގަން ޖެހޭ ހުއްދަތައް ނެގުމަށް ހަނދާންކޮށްދޭ ކަމަށެވެ.

އެންބީއޭއެމް އިން ބުނި ގޮތުގައި ހުއްދައަށް އެދޭއިރު ޑިކްލަރޭޝަން ފޯމާއި ލައިސަންސް އޮތުމުގެ އިތުރުން މީރާއަށް ފައިސާ ދައްކާ އުޅަނދަކަށް ވެސް ވާންޖެހޭ ކަމަށެވެ. އަދި ހެލްތު އެންޑް ސޭފްޓީ ޕްލޭނެއް ވެސް އޮންނަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ. 

އެންބީއޭއެމް އިން ވަނީ މީރާ އިން ޓެކްސް ކްލިއަރެންސަށް އެއް ދުވަހަށް ވުރެ ގިނަ ދުވަސް ނަގާފާނެ ކަމަށައި އެމްބީއޭއެމްގެ އެހީތެރިކަން ބޭނުންނަމަ، އެހީވެސް ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.

ތިން މަސް ފަހުން ރާއްޖޭޣެ ބޯޑަރު މިމަހުގެ 15 ވަނަ ދުވަހު ހުޅުވިއިރު ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ވަނީ 1000 އާ ގާތް ކުރާ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް