ads
ޔޫކޭގައި ބުޅަލެއް ފުރަތަމަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ޔޫކޭގައި ބުޅަލެއް ކޮވިޑް19 އަށް ޕޮޒިޓިވްވެ އެގައުމުން ފުރަތަމަ ފަހަރަށް ޖަނަވާރަކަށް ބަލި ޖެހުނުކަން ރިޕޯޓް ކޮށްފި އެވެ.

ސްކައިނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ ޕެޓެއްގެ ގޮތުގައި ގެންގުޅެމުން އައި ބުޅަލެކެވެ. 

އެ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ބުޅާ ކޮވިޑް19 އަށް ޓެސްޓް ކޮށްފައިވަނީ ޖުލައި 22 ވަނަ ދުވަހު އެވެ.

އެގައުމުގެ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ރިޕޯޓްކޮށްފައިވަނީ، ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް ނުވަތަ އިންސާނުންގެ ގައިން ޖަނަވާރުންގެ ގަޔަށް ބަލި އަރާކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށެވެ.

މީގެ އިތުރުން ޗީފް ވެޓެރިނަރީ އޮފިސަރާއި ހަވާލާދީ އެ ނޫހުން ވަނީ ބުޅަލަށް ކޮވިޑް19 ޖެހިފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި މިއީ ވަރަށް މަދުހާލަތެއްގައި ނޫނީ ދިމާނުވާކަމެއްކަން ފާހަގަ ކޮށްފައިވެ އެވެ. އަދި ބުޅަލުގެ ހާލަތު ގާތުން މޮނީޓާ ކުރާނެ ކަމަށްވެސް ޗީފް ވެޓެރިނަރީ އޮފިސަރާއި ހަވާލާދީ ރިޕޯޓްކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް