ads
ފުވައްމުލަކުގައި އިސްލާމީ މަރުކަޒެއް އަޅަން އެއްބަސްވުން
ފުވައްމުލަކުގައި އިސްލާމީ މަރުކަޒެއް އަޅަން ހަވާލުކޮށްފި
އިސްލާމީ މަރުކަޒެއް ހިމެނޭގޮތަށް ޏ.ފުވައްމުލަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްގީގެ 10 މަޝްރޫއެއްގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފި އެވެ.
Advertisement

މި މަޝްރޫއުތަކުގެ މަސައްކަތް ކުރުމަށް ކުންފުނިތަކާ ހަވާލުކޮށްފައިވަނީ، ރައީސް ޑރ.މުހައްމަދު މުއިއްޒު ފުވައްމުލަކާއި އައްޑޫ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރައްވުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ފުވައްމަލު ސިޓީގައި އިސްލާމިކް ސެންޓަރެއް ގާއިމްކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން އިސްލާމީ މަރުކަޒު އިމާރާތުގެ މަސައްކަތް ނިމިގެންދާއިރު އިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ކޮންފަރެންސް ހޯލަކާއި، ލައިބްރަރީއަކާއި ކުލާސްރޫމާއި، އިމާމު ރޫމަކާއި، އޮފީސް ބައެއް ހިމެނޭނެ ކަމަށެވެ. އަދި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ފުވައްމުލަކުގައި ހިންގަން ނިންމާފައިވާ އެހެން ބައެއް މަޝްރޫއުތަކުގެ އެއްބަސްވުމުގައި ވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފަ އެވެ. އެ މަޝްރޫއުތަކަކީ؛

  • ފުވައްމުލަކު ސްކޫލުގައި 16 ކްލާސްރޫމާއި ލެބް ގާއިމުކުރުމުގެ މަޝްރޫއު. އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ.
  • ޔޫތު ތާޑް ސްޕޭސް ތަރައްގީކުރުމުގެ މަޝްރޫއު. އެ މަޝްރޫއު ހަވާލުކުރީ ސެންޓަ ލޭންޑް ޕްރައިވެޓް ލިމިޓެޑުގެ ޕްރޮޖެކްޓްސްއާ.
  • ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުން. އެ މަޝްރޫއު ހަވާލުކުރީ އެމްއޭސީއެލްއާ.
  • އިސްލާމިކް ސެންޓަރެއް އެޅުން. އެ މަޝްރޫއު ހަވާލުކުރީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ
  • އޮފީސް ކޮމްޕްލެކްސް އިމާރާތެއް އެޅުން. އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ.
  • ފުވައްމުލަކުގައި އާ ބަނދަރެއް ތަރައްގީކުރުން. އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ.
  • މަގު ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް. އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ.
  • އިތުރު 75 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު. އެ މަސައްކަތް ހަވާލުކުރީ ދި ގްލަޓް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްއާ.
  • ސްކޭޓް ޕާކެއް ތަރައްގީކުރުން. އެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ.

ރާއްޖޭގެ އެންމެ ދެކުނަށް ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މާދަމާ ވަޑައިގަންނަވާނީ އައްޑުއަށެވެ. ރައީސް މާދަމާ އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އައްޑޫ ހުޅުދު އާއި މީދުއަށެވެ. އަދި އެއަށް ފަހު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ވެސް ވަޑައިގަންނަވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް