ކުރިން މޭޔަރުކަމުގައި ހުންނެވި ޑރ. މުއިއްޒު ރައީސްކަމުގެ މަގާމަށް އިންތިހާބުވުމާ ގުޅިގެން މޭޔަރުކަމުން އިސްތިއުފާ ދެއްވުމުން ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރައްވައި އާޒިމް މަގާމުގެ ހުވާކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 22 ގައެވެ.
ކައުންސިލްތަކުގެ ދައުރުގެ ތެރެއިން ބާއްވާ ބައި އިލެކްޝަންތަކުގައި އިންތިހާބުކުރާ މެމްބަރުންގެ ދައުރު ގުނަނީ ކައުންސިލްގެ ދައުރުން ބާކީ އޮތް މުއްދަތަށެވެ. އެހެންކަމުން މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަވާއިރު އާޒިމްގެ ވެސް ދައުރު ހަމަވާނެއެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް، ދެ ވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަނީ
އާޒިމް މޭޔަރުކަމުގައި އިންނެވި އިދިކޮޅު އެމްޑިޕީން އަދި ވަކި ކެނޑިޑޭޓެއް މޭޔަރުކަމަށް ކަނޑައަޅާފައެއް ނުވެއެވެ. ޕްރައިމެރީވެސް ބާއްވާފައެއް ނުވެއެވެ.
އެހެންނަމަވެސް އާޒިމް ވަނީ މޭޔަރުކަމަށް ވާދަކުރަން ނިންމާ ކެމްޕެއިން ވެސް ފައްޓަވާފައެވެ. އާޒިމް ވިދާޅުވީ އޭނާ ކެމްޕެއިން ފެށީ އިތުރު މީހަކު އަދި އެ މަގާމަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީކަމަށެވެ.
އަންނަ ލޯކަލް ކައުންސިލް އިމްތިހާބު އަންނަ އަހަރުގެ މާރިޗުމަހު 28ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.