މިކަމާއި ގުޅިގެން އިހުސާން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ އޭނާ ގެއަށް އައިސް ސައިކަލް ޕާކްކުރަން އުޅުމުގެ ތެރޭގައި މީހަކު އޭނާއާއި ދިމައަށް ވަރަށް ހަޑިހުތުރު އެއްޗެހި ގޮވާފައިވާ ކަމަށެވެ. އަދި އޭނާއަކީ ބާގީއެއް ކަމަށް ބުނެ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ބުނެފައި ވާކަމަށާއި ހަޑިހުތުރު އެއްޗެހި ގޮވި ކަމަށް ބުނެފައިވެއެވެ.
އިހުސާން މިކަމާއި ގުޅިގެން ބުނެފައިވަނީ އޭނާއަކީ ބާގީއެއް ނަމަ އޭނާއަށް މަގުމަތީގައި މިނިވަން ކަމާއިއެކު އުޅެވިގެން ނުވާނެ ކަމަށެވެ. އަދި އެހެންނޫންނަމަ އެ މީހަކަށް އެފަދަ އެއްޗެހި ގޮވުމުގެ ފުރުސަތު ލިބިގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.
މި ކަން ހިނގާފައިވަނީ މަޖިލީސް ކަންމަތީގައި ކަމަށާއި މި މައްސަލަ ކަމާ ބެހޭ އިދާރާތަކުން ތަހުގީގު ކުރެއްވުމަށް ފަހު ކޮންމެވެސް އެއްފަރާތަކަށް ފިޔަވަޅު އެޅުމަށްވެސް އިހުސާނު ގޮވާލައިފަަައިވެއެވެ.
ކެޕްޓަން އިހުސާން އަކީ އެމްއެންޑީއެފްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.