ads
ޑަބްލިޔުޓީއެމް ފެއާ މިއަހަރު ނޮވެމްބަރު 2 އިން 4 އަށް
ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔުޓީއެމް) ފެއާ ނޮވެމްބަރު މަހު ބާއްވަން ނިންމައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ފަސްކޮށްފައިވާ ޑަބްލިޔުޓީއެމް ފެއާ ކޮވިޑުގެ ހާލަތަށް ބަލައި އޮކްޓޫބަރު މަހުގެ ފަހުން ފެއާ ބޭއްވުމުގެ ހުއްދަ އިނގިރޭސިވިލާތުގެ ސަރުކާރުން މިހާރު ދީފައިވާކަމަށް ނޫސްތަކުން ބުނެ އެވެ.

އެހެން ކަމުން އެ ފެއާ އިންތިޒާމު ކުރާ ރީޑް އެގްޒިބިޝަން ކުންފުނިން ވަނީ ނޮވެމްބަރު ދެ ވަނަ ދުވަހުން ފެށިގެން ހަތަރު ވަނަ ދުވަހަށް ފެއާ ބާއްވަން ނިންމާފަ އެވެ. އަދި ފެއާ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ލަންޑަން ގައި އެވެ. 

މިއަހަރުގެ ޑަބްލިޔުޓީއެމް ފެއާގައި ކޮވިޑް-19 އަށްފަހު ފަތުރުވެރިކަމުގެ ދާއިރާ އަލުން އާރާސްތުކޮށް، ބިނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ރޭވިފައިވެ އެވެ. އޭގެ އިތުރުން މި އަހަރުގެ ފެއާގައި ޓެކްނޮލޮޖީގެ ގިނަ ބައިތަކެއް ހިމަނައި ވީހާ ވެސް ގިނަ ބަޔަކަށް ފެއާގެ ހަރަކާތްތައް ދައްކާލުމުގެ ގޮތުން ފެއާ ފެށުމުގެ ކުރިން ފެއާ އޮންނަ އެކްސެލް ލަންޑަން ވާޗުއަލް ޓުއާއަކުން ދައްކާލާން ރީޑް އެގްޒިބިޝަން އިން ވަނީ ނިންމާފަ އެވެ. 

ކޮވިޑް-19 އާއި އެކު ދުނިޔޭގެ ބޮޑެތި ފެއާތައް ވަނީ ލަސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް