ads
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކުޅުޖެހުމުގެ ތުހުމަތު ޕީއެންސީއަށް ކުރި ޓްވީޓް ޝަހީމް ޑިލީޓް ކުރައްވައިފި
ފުލުހުން ގަޔަށް ކުޅު ޖެހީ ޕީއެންސީންކަމަށް ދޭހަވާގޮތައް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް މިއަދު ކުރެއްވި ޓްވީޓްކުރެއްވުމަށްފަހު އެ ޓްވީޓު ބަދަލުކުރައްވައި އާ ޓްވީޓެއް ކުރައްވައިފިއެވެ.
Advertisement

ޝަހީމް މިއަދު ހެނދުނު އެންމެ ފުރަތަމަ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، "ފުލުހުންގެ ގަޔަށް ހައްޕުޑު ޖެހުން ކުށްވެރިކުރަން. ޕީޕީއެމްގެ މެމްބަރުން އެޒާތުގެ ޢަމަލެއް ނުހިންގަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. ޕިޕީއެމަކީ ފުލުހުންނަށް އިހުތިރާމްކުރާ ތަހުޒީބު ޕާޓީއެއް. އެދެނީ އެކަން ކުރި ފަރާތެއް ހޯދައި ތަޙުޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުން،" ކަމަށެވެ. 

އަންގާރަ ދުވަހުގެ ރޭ މުޒާހަރާކޮށްފައިވަނީ ޕީޕީއެމް ޕީއެންސީ ކޯލިޝަން ގުޅިގެނެވެ. ނަމަވެސް ޝަހީމް ފުރަތަމަ ވިދާޅުވީ ޕީޕީއެމް މެންބަރެއް ކުޅުނުޖަހާނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އެހެންކަމުން އެ ޓްވީޓުން ތުހުމަތުވަނީ މުޒާހަރާގައި ދެން ބައިވެރިވި ޕީއެންސީ މެމްބަރެއް ކުޅުޖެހިކަމަށެވެ. 

your imageޝަހީމް ފުރަތަމަ ކުރެއްވި ޓްވީޓް: ސްކްރީން ޝޮޓް ދިޔަރެސް 

އެ ޓްވީޓާއި ގުޅިގެން ސީއެންއެމް އިން ހަބަރެއް ލިޔުމުން 'ސީއެންއެމްގެ މައްސަލަ' މީީޑިއާ ކައުންސިލަށް ލާނެކަމަށް ވިދާޅުވެ ވަނީ ކުރިން ކުރެއްވި ޓްވީޓު ޑިލީޓް ކުރެއްވުމަށްފަހު އައު ޓްވީޓެއް ކުރައްވާފައެވެ. 

އާ ޓްވީޓުގައި ވިދާޅުވެފައިވަނީ، "ފުލުހުންގެ ގަޔަށް ހައްޕުޑު ޖެހުން ކުށްވެރިކުރަން.ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އެޒާތުގެ ޢަމަލެއް ނުހިންގަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް،" ކަމަށެވެ. 

މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ކުޅު (ހައްޕުނޑު) ޖެހި މައްސަލަ ބަލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު  ވަނީ ވިދާޅުވެފައެވެ. 

ސީޕީ ހަމީދު ވިދާޅުވީ  މުޒާހަރާގެ ބައިވެރިން ފުލުހުންގެ ފްރަންޓްލައިންގައި މަސައްކަތްކުރި ފުލުހުންގެ ގަޔަށް ކުޅު ޖެހިޖެހުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. 

"މި ނާތަހުޒީބު އަމަލު ކުށްވެރި ކުރާ ހާލު، މިކަންކުރި ފަރާތް ހޯދައި ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް މި ސަރވިސް އިން ކުރަމުންދާ ވާހަކަ ދަންނަވަން." - ސީޕީ ހަމީދު -

އިދިކޮޅުން އަންގާރަ ދުވަހުގެ ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ބަޔަކު ކުޅުޖެހި އިރު، ސީޕީ ވަނީ ކޮވިޑް19 ފެތުރެމުންދާ ދުވަސްވަރެއްގައި އެގޮތަށް ކަންކުރުން ބަލައި ނުގަންނާނެކަން ފާހަގަކޮށްފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް