ads
ދިރާގު ހެޑް އޮފީސް---
ދިރާގު ފައިބާގެ ހިދުމަތް މިހާރު މަޑުއްވަރީން ވެސް ލިބޭނެ
ދިރާގު ފައިބާ ގެ ހިދުމަތް ރ. މަޑުއްވަރީ އަށް ތައާރަފުކޮށްފި އެވެ.
Advertisement

މަޑުއްވަރީއަށް މި ހިދުމަތް ތައާރަފުކުރި މި ދުވަސްކޮޅަކީ ޑިޖިޓަލް ޓެކްނޮލޮޖީ ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަސް އިންޓަނެޓަށް ބަރޯސާވާން ޖެހިފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ދުވަސްތަކެއް ކަމަށް ދިރާގުން ވަނީ ފާހަގަކޮށްފަ އެވެ. 

އެގޮތުން، ރިމޯޓްކޮށް ކިޔެވުމާއި މަސައްކަތް ކުރުމާއި އާއިލާ އާއި ގާތް ރައްޓެހިންގެ ހާލު ބަލާލަން ވެސް ހައި ސްޕީޑް އިންޓަނެޓް މިހާރު ވަރަށް މުހިންމުވެފައިވާ ކަމަށް ބުނެ އެވެ. 

އެކުންފުނީގެ ފައިބާ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި އަދި ޑޭޓާ އެލަވަންސްތަކާއެކު ގިނަ ޕެކޭޖްތަކެއް ހިމެނޭނެ ކަމަށާއި މިއީ ވީހާވެސް ގިނަ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ވީހާވެސް ގިނަ ޕެކޭޖްތަކުން އިހްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ކަމަށް ދިރާގުން ބުނެ އެވެ. އަދި ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް އިން ލިބިގެންދާނެ ކަމަށް އެކުންފުނިން ފާހަގަކުރެ އެވެ.  

ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކް އެވެ. 

އެގޮތުން ރާއްޖޭގެ ގޭބީސީ ތަކުގެ 75 އިންސައްތަ އަށް އެ ހިދުމަތް ދިރާގުން ފޯރުކޮށްދޭ އިރު، އޭގެ ތެރޭގައި ރާއްޖޭގެ 61 ރަށެއް ހިމެނެ އެވެ.

ދިރާގު ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގުގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ހިދުމަތެއް ފޯރުކޮށްދީ، ވީހާވެސް ގިނަ ރަށްތަކަށް ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓް ފޯރުކޮށްދިނުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް