ads
ޑރ. ނަޒްލާ ރަފީގް--
ކެލާއިން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި ނުވަ މީހަކު ޕޮޒިޓިވްވެއްޖެ
ހއ. ކެލާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި ނުވަ މީހަކު ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކެލާގެ ބޯޓެއްގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވްވެ، އެކޭސްގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުން އިތުރު ނުވަ ފަރާތެއް ކޮވިޑަށް ޓެސްޓު ކުރެވި ބައްޔަށް ޕޮޒިޓިވްވެފައިވާކަން ދެނިގަނެވިފައި ވާކަމަށެވެ.

ނަޒްލާ ވިދާ:ުވި ގޮތުގައި އެ ބޯޓު މާލޭގައި ދެ ހަފުތާ ވަންދެން އޮތުމަށް ފަހު ރަށަށް ފުރީ މިމަހުގެ 24 ވަނަ ދުވަހެވެ. އޭރު ވެސް ބަލީގެ އަލާމާތް ކެޕްޓަންގެ ގައިގައި ހުރި ކަމަށް އެމީހާ މައުލޫމާތުދޭ ކަމަށާއި ބައްޔަށް ޓެސްޓްކުރީ އަތޮޅަށް ދިއުމަށް ފަހު ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 152 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. މީގެ ތެރެއިން 142 މީހަކު ފައްސިވީ މާލެ އިންނެވެ. ދިހަ މީހަކު ފައްސިވެފައި ވަނީ އަތޮޅުތެރެއިންނެވެ.

އަތޮޅުތަކުން މިއަދު ކޮވިޑް-19 އަށް ފައްސިވީ ބ.ކަމަދޫގައި ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން އެކަކަކާއި ހއ.ކެލައިން ކޮވިޑް-19 އަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ނުވަ މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް