ސައުދީއަރަބިއްޔާގެ ސްޓޭޓް މީޑިއާއިން ބުނެފައިވަނީ ރަސްގެފާނު ސަލްމާން ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ ބްރާސްފަތި ދުވަހު ކަމަށެވެ.
މިމަހުގެ 20 ވަނަ ދުވަހު ރަސްގެފާނު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ ގާލްބްލޭޑާގައި އުފެދުނު އިންފެކްޝަނަކާއި ގުޅިގެންނެވެ. އަދި އެކަމާއި ގުޅިގެން އޮޕަރޭޝަނެއްވެސް ކޮށްފައިވާކަމަށް ސައުދީ ސްޓޭޓް މީޑިއާއިން މައުލޫމާތުދެ އެވެ.
އުމުރުން 84 އަހަރުގެ ރަސްގެފާނު ސަލްމާން ހޮސްޕިޓަލުން ނުކުންނަވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސައުދީ ސްޓޭޓް މީޑިއާއިން ވަނީ އާންމުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;