4293
CONFIRMED

DEATHS
2669
RECOVERED
🌏18,224,253
INFECTED
🌏10,865,548
RECOVERED
🌏692,679
DEATH
🌏60%
RECOVERY RATE
ޓައިވާނުގެ ޑިމޮކްރިސީއަށް އެތަކެއް ބަދަލުތަކެއް ގެނެސް ދެއްވި ކުރީގެ ރައީސް ލީޓެންގްހުއި---
ޓައިވާނުގެ "ޑިމޮކްރަސީގެ ބައްޕަ" އަވަހާރަވެއްޖެ
Share
ޓައިވާނުގެ "ޑިމޮކްރަސީގެ ބައްޕަ" ގެ ގޮތުގައި މަޝްހޫރުވެފައިވާ ލީޓެންގް ހުއި އަވަހާރަވެއްޖެ އެވެ.
Advertisement

ލީ އަވާހަރާވެފައިވަނީ ހަ މަސް ދުވަސް ވަންދެން ހޮސްޕިޓަލްގައި ފަރުވާ ހޯދަވަމުން ގެންދަވަނިކޮށް ހަށިގަނޑުގެ ގުނަވަންތަކެއް ފެއިލްވެ "ސްޕެޓިކް" ޝޮކެއް ޖެހިގެންނެވެ. ލީ އަވާހަރާވިއިރު އޭނާގެ އުމުރަކީ 97 އަހަރެވެ.

ޓައިވާނުގެ ޑިމޮކްރިސީއަށް އެތަކެއް ބަދަލުތަކެއް ގެނެސްދެއްވި ލީ އަކީ 1988 ކުން 2000 ވަނަ އަހަރާއި ހަމަޔަށް ޓައިވާނުގައި ވެރިކަން ކުރެއްވި ރައްޔިތުންގެ ލޯބި ލިބިފައިވާ ރައީސްއެކެވެ. އެމަނިކުފާނަކީ 1998 ވަނަ އަހަރު އެގައުމުގައި ފުރަތަމަ ފަހަރަށް ބޭއްވި ރިޔާސީ އިންތިހާބް ކާމިޔަބު ކުރައްވާ ޓައިވާންގެ ސިޔާސީ މަސްރަހު މުޅިން ބަދަލޮކޮށްލި ވަރުގަދަ ސިޔާސީ ލީޑަރެކެވެ.

އަދި ލީ އަކީ ޓައިވާނުގެ ދުަވަސްވީ ހުދުމުހުތާރު ވެރިކަން ވައްޓާލައި ރައްޔިތުންނަށް މިނިވަންކަމާއި އިންސާނި ހައްގުތަށް ކަށަވަރު ކޮށްދިން ފުރަތަމަ ރައީސްވެސް މެއެވެ. ދައުރު ހަމަވެ ދެވަނަ ދައުރަކަށްވެސް ރައްޔިތުންގެ ފުރިހަމަ ތައީދާއި އެކު ލީ ހޮވިވަޑައިގަންފައިވެ އެވެ.

ޓައިވާނަކީ ޗައިނާގެ ބައެއްކަމަށް ޗައިނާއިން ދައުވާ ކުރާއިރު ލީ ވަނީ ޗައިނާގެ ނުފޫޒުން ޓައިވާން ސަލާމަތް ކޮށްދެއްވުމުގައި ގިނަ އަދި ބުރަ މަސައްކަތް ތަކެއް ކޮށްދެއްވާފަވެ.

ހަ މަސް ދުވަސް ވަންދެން ހޮސްޕިޓަލްގައި ފަރުވާ ހޯދައްވަމުން ދަނިކޮށް ޝޮކެއް ޖެހިގެން ލީ މަރުވުމައި ގުޅިގެން ޓައިވާނުގެ މިހާރުގެ ރައީސް ޓްސައި އިންގް ވެން ވަނީ ހިތާމަ ފާޅުކޮށް ޓުވީޓް ކުރައްވާފައެވެ. 

ޓުސައި ފާހަގަ ކުރެއްވި ގޮތުގައި މިއީ އޭނަ އަށާއި މުޅި ޓައިވާނުގެ ރައްޔިތުންނަށްވެސް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. ޑިމޮކްރަސީ ގައުމުގައި ފައްޓަވާދެއްވާ، ފަހުރުވެރިކަމާއިއެކު އެމަނިކުފާނު ޑިމޮކްރަސީ ބިލްޑް ކޮށްފައިވަނީ ތައިވާންގެ ރައްޔިތުންގެ އަމިއްލަ ވަންތަކަމާއިއެކު ކަމަށެވެ. އަދި ކުރިއަށް އޮތްތާ ދިމާވާނެ ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލުމަށް އެމަނިކުފާނުގެ ލެގެސީ ޖެނެރޭޝަންތަކަކަށް ގައިޑް ކޮށްދޭނެ ކަމަށްވެސް ޓްސައި ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް