މިއީ ޕީއެސްޖީން ފްރެންޗް ލީގު ކަޕު ކާމިޔާބުކުރި ނުވަ ވަނަ ފަހަރެވެ.
މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުވެސް ނިމުނީ ޕީއެސްޖީއާ ލިޔޯނުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެހެންކަމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީން ޕީއެސްޖީ ކުރި ހޯދީ 5-6 ކުންނެވެ. ކޮވިޑާ ގުޅިގެން ފްރާންސްގެ ލީގު ކުރުކޮށްލިއިރު، ލީގު ޗެމްޕިއަންކަންވެސް ހޯދީ ޕީއެސްޖީންނެވެ.