ads
ކުޑަކުދިންގެ ޕާކެއް
އޮސްޓްރޭލިއާގެ އެހީގައި ޕާކުތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
އޮސްޓްރޭލިއާގެ ކުޑަކުދިންގެ ޕާކްތަކުގައި ބޭނުންކޮށްފައި ހުރި، އެކަމަކު ރަނގަޅު ހާލަތުގައި ހުރި ސާމާނު ބޭނުންވާ ކައުންސިލްތަކަށް ދޫކުރުމުގެ ޕްރޮގްރާމެއް އޮސްޓްރޭލިއާ-މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަނާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން ހުޅުވާލައިފި އެވެ.
Advertisement

ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި މިކަމާއި ގުޅުން ހުރި ހުރިހާ މައުލޫމާތެއްް މިހާރު ވަނީ ކައުންސިލުތަކަށް މެއިލުން އަންގާފަ އެވެ.

އެ ގައުމުގެ ހައި ކޮމިޝަނުން ކުރި ޕޯސްޓެއްގައި ވަނީ، އެ ޕްރޮގްރާމުގެ ދަށުން ދޫކުރާނީ، އޮސްޓްރޭލިއާގައި ބޭނުންކޮށްފައި ހުރި ތަކެތި ނަމަވެސް ބޭނުންކުރެވޭ ހާލަތުގައި ހުރިކަން ޔަގީންކޮށްފައިވާ ތަކެތި ކަމަށެވެ.

އެކަމަކު، އޭގެތެރެއިން ބައެއް ތަކެތީގެ ކުދިކުދި މަރާމާތު ކުރަން ޖެހިދާނެކަން އެ ޕޯސްޓުގައި ބުނެފައިވެއެވެ. އެ ކޮމިޝަނުން ވަނީ، ކައުންސިލުތަކަށް ދޫކުރާ ޕާކު ސާމާނުތައް ހުންނާނެ ގޮތުގެ ފޮޓޯތައް ވެސް އާންމުކޮށްފަ އެވެ.

އެ ތަކެތި ބޭނުންވާ ކައުންސިލުތަކަށް އެ ތަކެތި ރާވާނެ ގޮތުގެ ތަފުސީލީ ޕްލޭންތައް ކިޔައިދޭނެކަން ކޮމިޝަނުން ފާހަގަކުރި އެވެ.

 

މި ޕްރޮގްރާމުގައި ބައިވެރިވާން އެދި އީއައިއޯ ހުށަހެޅުމުގެ ފުރުސަތު ދީފައި ވަނީ، މި މަހު 16ގެ 12:00އާ ހަމައަށެވެ. އީއޯއައި ހުށަހަޅަން ޖެހޭނީ mailto:[email protected] މެދުވެރިކޮށް، އޮންލައިންކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;