ads
ގަވާއިދާއި ހިލާފަށް އެތެރެވަނ އުޅުނު މީހަކު ހައްޔަރު ކުރާތަން
ގަވާއިދާ ހިލާފަށް ހައްޖުވަން މަސައްކަތް ކުރި 2000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި
ގަވާއިދާ ހިލާފަށް ހައްޖުވަން މަސައްކަތް ކުރި 2000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.

ސައުދީ ސަރުކާރުން ބުނީ ހައްޖުވުމުގެ ހުއްދަ ނެތި ހަރަމްފުޅަށް އެތެރެވާން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި މިހާތަނަށް 2050 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

ސައުދީ ސަރުކާރުން ބުނީ މީގެ ތެރެއިން ބައެއް މީހުންނަކީ ހަރަމްފުޅުގެ އިތުރުން މިނާ އަދި މުޒްދަލިފާގައި ހައްޖުވެރިންނަށް ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ވަނުމަށް މަސައްކަތް ކުރި މީހުން ކަމަށެވެ. އަދި މި މީހުންނަކީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފަށް އެތެރެވާންއުޅޭ މީހުންތަކެއް ކަމަށްވެސް ބުނެއެވެ.

ސައުދީގެ ސަލާމަތީ ބާރުތަކުން ދިޔައީ ހައްޖުގެ އަޅުކަމުގެ ކަންކަން ފެށުމާއި އެކު ހަރަމްފުޅާއި ހައްޖާ ގުޅިފައިވާ އެހެން ސަރަހައްދުތަކުގެ ސަލާމަތީކަންކަން ވަރުގަދަކޮށް ބަލަހައްޓަމުންނެވެ. އެގޮތުން ހައްޖުމަހުގެ އެއްވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް މައްކާގެ ހަރަމްފުޅާ މިނާ މުޒްދަލިފާގެ އިތުރުން އަރަފާތު ބިން ހިމެނޭ ސަރަހައްދުތަކަށް ހުއްދަނެތި ވަނުން ވަނީ މަނާކޮށްފައެވެ. އަދި އެ އެންގުމާއި ހިލާފުވާ މީހުންނަށް އަދަބު ދިނުމުގެ އިތުރުން 10،000 ރިޔާލުން ޖޫރިމަނާ ކުރާނެކަން ވެސް ސައުދީ ސަލާމަތީ ބާރުތަކުން ބުނެ އެވެ.

ކޮވިޑާއި ގުޅިގެން މި އަހަރުގެ ހައްޖުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ 10،000 އެއްހާ މީހުންނަށެވެ. އަދި މިފަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައިވަނީ ސަލާމަތީ ފިޔަވަޅުތަކާއި އެކު ގައިދުރުކަން ބަހައްޓައިގެންނެވެ. ހުރިހާ ހައްޖުވެރިން ވެސް ކޮވިޑް-19 އަށް ވަނީ ޓެސްޓު ކޮށްފައިވާއިރު ދިމާވެދާނެ ސިއްހީ ކާރިސާތަކަށް މައްކާގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތައް އޮތީ ތައްޔާރަށެވެ. ނަމަވެސް މި އަހަރުގެ ހައްޖުގައި ބައިވެރިވި ހާއްޖާޖީންގެ ތެރެއިން އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ނުވާ ކަމަށް ސައުދީގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް