ads
މިނިސްޓަރު ނަހުލާ-- ފޮޓޯ: ސަން
"އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ މުވައްޒަފުން ލިބުމުގެ ދަތިކަން"
ބައިނަލްއަގުމާވީ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފަންނީ މުވައްޒަފުން ލިބުމުގެ ދަތިކަން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުމާވީ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފަންނީ މުވައްޒަފުން ލިބުމުގެ ދަތިކަން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ ހިތާބުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފަންނީ މުވައްޒަފުން ލިބުމުގެ ދަތިކަން ކަމަށެވެ.

މަދަނީ ވައިގެ ދަތުރުފަތުރުގެ މުޅި މުޖުތަމައަށް ދިމާވެފައިވާ އެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ތަފާތު މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން، މިނިސްޓަރު ނަހުލާ ވަނީ ބައިނަލްއަގުވަމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ޖަމިއްޔާ އައިކާއޯއިން 2009 ވަނަ އަހަރު ފަށާފައިވާ "ނެކްސްޓް ޖެނެރޭޝަން އޮފް އޭވިއޭޝަން ޕްރޮފެޝަނަލްސް" ޕްރޮގްރާމް ފާހަގަކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެއަށް ވެސް ދިމާވެފައިވާ މި ގޮންޖެހުން ހައްލު ކުރުމަށް ސްކޮލާޝިޕް ސްކީމެއް ތައާރަފު ކުރާނޭކަން މިދިޔަ އަހަރު އިއުލާންކޮށްފައިވާ ކަމަށެވެ.

"އޭވިއޭޓާސް ނެކްސްޓް ޖެން" ގެ ނަމުގައި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި ސްކޮލާޝިޕް ހާސިލު ކުރާ ފުރަތަމަ ބެޗްގެ ދަރިވަރުންނަށް މި އަހަރުގެ "އޭވިއޭޝަން ނައިޓް" ގައި އެކަމުގެ ލިޔުން ހަވާލު ކުރެވޭނޭކަން ވަރަށް އުފަލާއެކު ފާހަގަކުރައްވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް