ads
ސަލްމާން ހާން
ސަލްމާންގެ ކާރު މީހެއްގެ ގައިގައި ޖެހުމުން ރުޅިއައީ ޑްރައިވަރު ދެކެ!
ބޮލީވުޑްގެ މަޝްހޫރު ސުޕަރސްޓާރު ސަލްމާން ޚާން ދަތުރުކުރި ކާރު އޭނާގެ ސަޕޯޓަރެއްގެ ގައިގައި އޮޅިގެން ކޭއްތުމުން، އޭނާގެ ޑްރައިވަރަށް ވަރަށް ބޮޑަށް ކޯފާވެ ނުރުހުން ފާޅުކުރި މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަރަށް ބޮޑަށް އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ. މި ހާދިސާ ހިންގާފައިވަނީ އިންޑިއާގެ މުމްބާއީގަ އެވެ.
Advertisement

މީސްމީޑިއާގައި އާންމުވެގެން އުޅޭ ވީޑިއޯއިން ފެންނަ ގޮތުގައި، ސަލްމާން ދަތުރުކުރި އުޅަނދު ސަޕޯޓަރެއްގެ ގައިގައި ނުބައިކޮށް ޖެހުމާއެކު، ސަލްމާން ވަނީ ވަގުތުން ޑްރައިވަރަށް ކޯފާވެ، ސަޕޯޓަރުގެ ރައްކާތެރިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކާރު ދިޔަ ވަގުތު ސަލްމާން ދެކެލުމަށް ގިނަ އަދަދެއްގެ އާންމުންނާއި ސަޕޯޓަރުން އެ ސަރަހައްދަށް އެއްވެފައި އޮތުމުގެ ސަބަބުން، ސަޕޯޓަރަކު ވަނީ ކާރާ މާ ބޮޑަށް ކައިރިވެފަ އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކާރު ވަނީ އޭނާގެ ގައިގައި ކޭއްތިފަ އެވެ.

މި ހާދިސާ ހިންގި ވަގުތު ސަލްމާން ޚާން ސަޕޯޓަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަގުތުން ދިން އިސްކަމުގެ ސަބަބުން ގިނަ ބައެއްގެ ތައުރީފު އޭނާއަށް ވަނީ އަމާޒުވެފައެވެ. މީސްމީޑިއާގެ ތަފާތު މަންސަތަކުގައި މި ވީޑިއޯ ވައިރަލްވެގެން ދިޔައިރު، ގިނަ ބަޔަކު ވަނީ ސަލްމާންގެ އޯގާތެރިކަމާއި އާންމުންގެ ރައްކާތެރިކަމަށް އޭނާ ބަހައްޓާ ސަމާލުކަމަށް ތައުރީފުކޮށްފަ އެވެ.

މި ވީޑިއޯއަށް ހިޔާލު ފާޅުކުރި ގިނަ މީހުން ފާހަގަކުރި ގޮތުގައި، ސަލްމާން އޭނާގެ ޑްރައިވަރަށް ކޯފާވީ ސަޕޯޓަރުގެ ސަލާމަތާމެދު އޮތް ކަންބޮޑުވުމެއްގެ ބޮޑުކަމުންނެވެ. މި ހާދިސާއާއެކު ސަލްމާން ޚާންގެ ސަޕޯޓަރުންގެ މެދުގައި އޭނާއަށް އޮތް ލޯތްބާއި ގަދަރު އިތުރުވެގެން ގޮސްފައިވާކަމަށް މީސްމީޑިއާގައި ހިޔާލު ފާޅުކުރި ފަރާތްތަކުން ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް