"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަށް 11 އަހަރު: އަދިވެސް ޝޯ ނިންމާކަށް ނުވޭ!
13 ޖެނުއަރީ 2020 - 16:29:07
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝޯއެއް ކަމަށްވާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަށް އިއްޔެ 11 ވީއެވެ.

މި ޝޯ ފުރަތަމަ ދައްކާފައިވަނީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. މިއީ ސްޓާ ޕްލަސް އިން ދައްކާ ޝޯތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަދުވަސް ވަންދެއް ކުރިއަށްދާ ޝޯ އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
މީގެ 11 އަހަރު ކުރިން މި ޝޯ ފެށުނު އިރު ލީޑު ރޯލުން ފެނިގެންދިޔައީ ހީނާ ހާން (އަކްޝަރާ) އާއި ކަރަން މެހެރާ (ނެތިން) އެވެ. ގިނަ ބަޔަކު އެ ޝޯ ބަލައިގެން އިރު ވަކި ހިސާބަކުން ފަންނާނުން ވެސް ޝޯއިން ވަކި ވީއެވެ.
އޭގެ ފަހުން ޝޯގެ ލީޑު ރޯލުން ފެނިގެންދިޔައީ އަކްޝަރާ އާއި ނެތިކްގެ އަންހެން ދަރި ނައިރާ (ޝިވާންގީ ޖޯޝީ) އެވެ. އަދި އޭނާއާއެކު ފެނިގެންދިޔައީ ކާތިކް (މޮހްސިން)އެވެ.
ޝޯއަށް މިހާރު 11 އަހަރު ވެފައިވާއިރު މިހާރު ކާތިކް އާއި ނައިރާއަށް ދަރިއަކު ލިބި އެކުއްޖާވެސް ބޮޑު ވަނީއެވެ. ނަމަވެސް އަދިވެސް މި ޝޯ ދަނީ ކުރިއަށެވެ. އަދިވެސް އެ ޝޯ ބަލާ މީހުން ބަލައެވެ.
ރާޖަން ޝާހީ ޕްރޮޑިއުސް ކުރާ މި ޝޯއަށް 11 އަހަރު އިއްޔެ ފުރުނުއިރު ވަރަށް ކުލަގަދަކޮށް އެދުވަސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޝޯގައި ފެނިގެންދިޔަ ހުރިހާ ކާސްޓުންނެއް ކަހަލަ ގޮތަކަށް އެ ހަފްލާ ތެރެއިން ވަނީ ފެނިގެން ގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް