ads
އަހްމަދު އަދީބް
އަދީބު އަށް ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް އެމްނެސްޓީއިން ގޮވާލައިފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެއްވެސް ހުރަހެއް ނެތި ބޭސްފަރުވާގެ ކަންކަން އިންތިޒާމް ކޮށްދެއްވުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފިއެވެ.
Advertisement

އަދީބްއަށް ބޭސްފަރުވާގެ ކަންކަން ފަހި ކޮށްދެއްވުމަށް އެމްނެސްޓީ އިން ގޮވާލާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް ފޮނުއްވި ސިޓީ އެއްގައެވެ.

އެ ސިޓީގައި ބުނެފައިވަނީ އަހުމަދު އަދީބުއަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވަނިކޮށް އަނެއްކާ އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ރާއްޖެއިން ހޯދެން ނެތް ބައެއް ފަރުވާތަށް ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ކަރެކްޝަނަލް ސާވިސްއިން ހުރަސް އަޅަމުން ދާކަން އެމްނެސްޓީއިން ރައީސް އަށް ފޮނުވި ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.

އަދި މުޅި ދުނިޔެއަށް ބަލލި މަޑޫކަމެއް ދިމާވެފައިވާ ދުވަސްވަރެއްގައި ބޭސް ފަރުވާ އިން އަދީބު މަހުރޫމް ކޮށްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އަދީބު ޖަލުގައި ނުބެހެއްޓުމަށް އެމްނެސްޓީން ރައީސް އަށް ވަނީ ދަންނަވާފައެވެ.

ބަންދުގައި ތިބޭ ގައިދީންނަށް ދޭންޖެހޭ ބޭސްފަރުވާގެ ފުރުސަތު ދިނުމަކީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ލާޒިމްކަމެއްކަމަށްވެސް އެ ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައިވާ 33 ދައުވާ ބާތިލްކޮށް ފަހުން ވަނީ ހަތް ދައުވާ އެއް ކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައިވާ ހަތް ދައުވާ ކުރިމިނަލް ކޯޓުން ބޭރުކޮށްލުމުން އޭނާ ވަނީ މިނިވަން ވެފައެވެ. އެހެން ނަމަވެސް ދައުލަތުގެ ފަރާތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ އަދީބުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ހުކުމްކޮށްފައެވެ.

އެހެންވެ އަދީބު މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ. އަދީބުގެ ޝަރީއަތް ނިމެންދެން ޖަލުގައި ބެހެއްޓުމަށް ހައިކޯޓުން ހުކުމް ކުރީ އަދީބު ފިލައިގެން ގޮސްދާނެ ކަމަށް ދައުލަތުން ކޯޓުގައި ބުނުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް