މިފަހަކަށް އައިސް އިންޑިއާގެ ޓިވީ ޗެނެލްތަކުން އަންކިތާގެ ހަބަރުތަށް އިވޭ މިންވަރު މިވަނީ ގަދަވެފައެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާ ސުޝާންތް ސިންގް ރާޖްޕޫތުގެ މަރަށް ފަހު މީޑިއާތަށް ދަނީ އޭނާގެ ދިރިއުޅުމުގެ ކޮންމެ ކަމަކަށް ކަޅި އަޅަމުންނެވެ.
ބަނޑަރާ ޕޮލިހުން ސުޝާންތުގެ މަރުގެ މައްސަލާގައި އިތުރު ބަޔަކު ޝާމިލްވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި އަންކިތާ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އޭނާ ނުވެސް ގަނެވޭނެ ކަމަށާއި އަދި ނުވެސް ވިކޭނެ ކަމަށެވެ.
އަންކިތާ ބުނިގޮތުގައި ސުޝާންތު އެއްވެސް އިރަކު ޑިޕްރެޝަންގެ އެއްވެސް ކަމެއް ތަަހަންމަލު ކޮށްފައި ނުވާކަމަށެވެ. އަދި އޭނާ އަކީ ޑުރީމާއެއް ކަމަށް އަންކިތާ ބުނެފައިވެއެވެ.
އަންކިތާ އިތުރަށް ބުނެފައިވަނީ އޭނާއާއި ސުޝާންތުގެ ރިލޭޝަންގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ދިމާވިކަމަށާއި އެކަމަކު އެއްވެސް ކަމަކުން އެދެމީހުންގެ ދެމެދުގައިވާ ގުޅުމެއް ކަޑާ ނުލެވުނުކަމަށެވެ.