ads
ފޮޓޯ: އިންސައިޑާ
އައިލެންޑް ކޭކް: މިހާރު އެންމެ ވައިގައި ހިފައިގެން އުޅޭ އެއް ކޭކު!
ދުނިޔޭގެ ކަންކޮޅުތަކުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު ޗުއްޓީއަށް ތަންތަނަށް ދަތުރުކޮށް އުޅުމަކީ ތިމާގެ ރައްކާތެރިކަމަށް އެންމެ އެދެވިގެންވާނެ ކަމެއް ނޫނެވެ. ޗުއްޓީއަށް ނުދެވުނު ނަމަވެސް ގިނަ ބަޔަކު ވަނީ ޗުއްޓީގެ މަންޒަރު ދައްކުވައިދޭ ކޭކެއް އަޅަން ފަށާފައެވެ. އެގޮތުން އިންސްޓަގްރާމްގައި ގިނަ ބައެއްގެ މެދުގައި މަޝްހޫރުވެފައިވާ އައިލެންޑް ކޭކަށް ބަލާލާނަމެވެ.

އިންޑިއަން އެކްސްޕްރެސް އިން ބުނާ ގޮތުގައި ވައްކޮށް ހަދާ އެ ކޭކަކީ ޗޮކްލެޓު އަދި ވެނިލާ ލެޔާއެއް އެކުލެވިގެންވާ ކޭކެކެވެ. އަދި ބީޗް ނުވަތަ ގޮނޑުދޮށުގެ މަންޒަރު ދައްކުވައިދޭ އެ ކޭކުގެ މޫދު ހަދާފައިވަނީ ޖެލީއިން ކަމަށް ބުނެ އެވެ. އެގޮތުން ޗިސްކޮށްފައި ހުންނަ ބިސްކޯދު ވެލީގެ ގޮތުގައި ބޭނުންކޮށްފައިވާއިރު ބޮލި އަދި މުރަކަ ހަދަން ބޭނުން ކޮށްފައިވަނީ ޗޮކްލެޓް ގަނާޗްއެވެ. އެ ކޭކުތައް ތައްޔާރުކޮށްފައިވަނީ ކޮންމެ މީހަކުވެސް ދަތުރުކޮށްފައި ހުންނަ ތަންތަނުގެ މަންޒަރުގެ މައްޗަށެވެ.

އެފަދަ ތަފާތު ކޭކެއް ހަދާފައިވާއިރު ބައެއް ކޭކުތައް އެޅުމުގައި މޭވާ، ނަޓްސް، އަދި ކެވޭ ކަހަލަ އެޑިބަލް ޕެއިންޓް ބޭނުން ކޮށްފައި ހުރެ އެވެ. ފޮޓޯތަކަށް ބަލާލުމުން އެނގޭ އެއްކަމަކީ އެފަދަ ކޭކެއް އެޅުމަކީ ފަސޭހަ ކަމެއް ނޫން ކަމެވެ. އެފަދަ ކޭކު އަޅާ އެއް ފަރާތެއް ކަމަށްވާ، ރަޝިއާގެ އަނާ ފިލޮޓަވާ "އިންސައިޑާ" އަށް ބުނީ އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަނާ އެފަދަ ކޭކުތައް އަޅާފައިވަނީ ތައިލެންޑް، ފިންލެންޑް އަދި ކެރިބީނަށް އޭނާ ކުރި ދަތުރުތަކުގެ މައްޗަށް ބިނާކޮށްފަ އެވެ.


އައިލެންޑް ކޭކު އަޅާނީ ކިހިނެތްކަން ކިޔައިދޭނަމެވެ. ފުރަތަމަ ކަމަކަށް ކޭކެއް އެޅުމަށްފަހު ރަށެއްގެ ޝޭޕްއަށް ގެންނާނީ އެވެ. އެއަށްފަހު ކޭކުގެ ވަށާ ރިންގް އަކާއި ޕްލާސްޓިކް ޝީޓެއް އެޅުމަށްފަހު އެއަށް ޖެލީ އަޅާނީއެވެ. އަދި ޖެލީ ހަރުވުމުގެ ކުރިން އޭގެ ތެރެއަށް މުރަކައާއި ބޮލި ފަދަ އެއްޗިސް ލާންވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް